އެއްޖިއްސުން ގުޅުން ހިންގާކަމަށް ބުނެ މަކުނުދޫ ޒުވާނުން އިޙްތިޖާޖު ކުރަނީ

މަކުނުދޫގައި އެއްޖިއްސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި

އެއްޖިއްސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު މަކުނުދޫއިން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ މިކަން މި ނޫހަށް ކަށަވަރު ކޮށްދެއްވާފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަކުނުދޫގައި ބަޔަކު އެއްޖިންސުން ގުޅުން ހިންގާކަމަށްބުނެ މައްސަލައެއް އިއްޔެ ހަވީރު 18:00 އެހާއިރު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލާގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައި ވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ކޮން އުމުރެއްގެ މީހެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ މިހާރު ތަހްޤީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވި އެވެ.

އިއްޔެ ހަވީރު ވެސް އަދި ރޭގައިވެސް މަކުނުދޫގައި އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ އެއްޖިންސުން ގުޅުން ހިންގައިގެން، އެކަމުގައި ތުހުމަތުކުރެވޭ މީހާ ހައްޔަރު ނުކޮށްގެން މުޒާހަރާ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ