އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ވަޙީދު | ފޮޓޯ : މަޖިލިސް

3 އިންތިޚާބުގެ ނަތީޖާއިން ކަށަވަރުވޭ ޕީޕީއެމްއަށް އެހެން ގޮތެއް ހޯދަން ޖެހިފައިވާކަން: ވައްޑޭ

3 އިންތިޚާބުގެ ނަތީޖާއިން ކަށަވަރުވޭ ޕީޕީއެމް އަށް އެހެން ގޮތެއް ހޯދަން ޖެހިފައިވާކަން ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

ވައްޑޭ މިހެން ވިދާޅުވެފައިވަނީ އެމްޑީޕީން ރައީސް ނަޝީދު ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވުމާއި ގުޅިގެންނެވެ. ޕީއެންސީގެ ނައިބްރައީސް ކަންވެސް ކުރައްވަމުން ގެންދަވާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ޚާރިޖީ ކަންކަމަށް ރައީސް މުޙައްމަދު ނަޝީދު ގޮތްކިޔުއްވުމުން ޤައުމުގެމިސްރާބު އޮޅި، ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހަށް އޮޅުން އަރާ ކަމަށާއި އެމްޑީޕީއަށް އާލީޑަރޝިޕެއް މުހިންމު ކަމަށެވެ.

ސައީދަށް ރައްދު ދެއްވަމުން ވައްޑޭ ވިދާޅުވީ އެހެން ގޮތެއް ހޯދަން ޖެހެނީ ނުހިންގާ ޕާޓީ ތަކަށް، އިންތިޚާބުތަކުން ފެއިލްވާ ޕާޓީ ތަކަށް ކަމަށެވެ. "ގައިމުވެސް މިދިޔަ 3 އިންތިޚާބުގެ ނަތީޖާއިން އެބަ ކަށަވަރުވޭ ޕީޕީއެމް އަށް އެހެން ގޮތެއް ހޯދަން ޖެހިފައިވާކަން" ވައްޑޭގެ ޓްވީޓުގައި ބުނެފައި ވެއެވެ.

ރިޔާސީ އިންތިޚާބު ޕީޕީއެމް އަށް ނާކާމިޔާބު ވެފައިވާއިރު އޭގެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައިވެސް ޕީޕީއެމް އަށް ވަނީ ބޮޑު ނާކާމިޔާބަކާއި ކުރިމަތިލާން ޖެހިފައެވެ.

މިވަގުތު މަޖިލީހުގައި ތިއްބެވީ ޕީޕީއެމް-ޕީއެންސީ ގެ ކޯލިޝަން އަށް ނިސްބަތްވާ 9 މެންބަރުންނެވެ. އެއީ ޕީޕީއެމްގެ 6 މެންބަރުންނާއި ޕީއެންސީގެ 3 މެންބަރުންނެވެ. އެމްޑީޕީގެ 65 މެންބަރުން މަޖިލިސްގައި ތިއްބަވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ