"ކާންޔޭ ވެސްޓް"، މިއަހަރު އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލަނީ

އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އަދި ކިމް ކާޑޭޝިއަން ގެ ފިރިމީހާ ކާންޔޭ ވެސްޓް، މިއަހަރު އެމެރިކާގެ ރައީސްކަމަށް ކުރިމަތިލާން ނިއްމައިފިއެވެ.

ކާންޔޭ މިއަހަރު ސެޕްޓެމްބަރު މަހު 3 ގައި ބާއްވާ ރިޔާސީ އިންތިހާބްގައި ވާދަކުރައްވާނެކަން ހާމަކުރީ، އޭނަގެ ރަސްމީ ޓްވިޓާ އެކައުންޓްގައެވެ. މިދިޔަ ހޮނިހިރު ދުވަހު ކާންޔޭ ކުރި ޓްވީޓްގައި ބުނީ، އެމެރިކާގެ ރައީސްކަމަށް އޭނާ ވާދަ ކުރާނެ ކަމަށެވެ. އަދި މި ޓްވީޓްގައި އެމެރިކާގެ ދިދަައިގެ އެމޯޖީ އެއްވެސް އޭނާ ބޭނުން ކޮށްފައިވެއެވެ.

ލަވަކިޔުމުގެ އިތުރުން ސިޔާސީ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ކަން މީގެ ކުރިންވެސް އޭނާ ވަނީ ހާމަކޮށްފައެވެ. އެގޮތުން 2018 ވަނަ އަހަރު ޗިކާގޯގެ ރޭޑިޔޯ ސްޓޭޝަނަކަށް ދިން އިންޓަވިއު އެއްގައި، ރައީސްކަމަށް ކުރިމަތިލައިދާނެކަމުގެ އިޝާރާތެއް ވަނީ ކޮށްފައެވެ. އެހެންނަމަވެސް، 2024 ވަނަ އަހަރުގެ ކުރިން ބާއްވާ އެއްވެސް އިންތިޙާބެއްގައި ވާދަ ނުކުރާނެކަމަށް އޭރު އޭނާ ބުނެފައިވެއެވެ.

މީދިޔަ އަހަރު ތެރޭގައިވެސް ކާންޔޭ އެމެރިކާގެ ރައީސްކަމަށް ކުރިމަތިލާނެ ކަމުގެ ވާހަކަތަކެއް ފެތުރުނުއިރު، މިހާރުގެ އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އާއިވެސް ބައްދަލުކުރާ ކަމުގެ ވާހަކަތަކެއްވެސް ފެތުރުނެވެ.

.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ