މަނީ ލޯންޑަރިންގެ ކުށުގައި 5 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުންގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޞިއްޙީ ޙާލަތު ރަނގަޅު ކަމަށާއ،ި އެފަދަ ރިޕޯޓެއްވެސް ހުށަހަޅާފައި ނުވާކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް، ޕީއެންސީން ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ، ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންނާ ހަވާލާދީ ވިދާޅުވެފައިވަނީ ޔާމީންގެ ޞިއްޙީ ހާލަތު ވަރަށް ގޯސްކަމަށާއި އެމަނިކުފާނަށް ހިނގާބިނގާވެ އުޅެވޭ ވަރެއްވެސް ނޫންކަމަށެވެެ. މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ޔާމީންގެ ޞިއްޙީ ހާލަތު ރަނގަޅުކަމަށާއި، ހާލަތު ގޯސްވެގެން ޑޮކްޓަރަށް ދެއްކުމަށްވެސް ހުށަހަޅާފައިވެސް ނުވާކަމަށެވެ
ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މަށްޗަށް މަނީ ލޯންޑަރިންގެ ކުއް ސާބިތުވެ އެޙުކުމްގައި ބުނެފައިވަނީ އިސްލާމިކް ބޭންކްގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ދެ ފަހަރައްގެ މަތިން އެއްމިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށާއި، އަދި އެ ފައިސާއިން 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްމަންޓްކޮށް މަންފާ ހޯދާފައިވާ ކަމަށެވެ. މަނީ ލައުންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ޙުކުމެކެވެ.
މަނީ ލައުންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ޙުކުމް އެމަނިކުފާނުގެ ފަރާތްތަކުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފއިވާތީ، އިސްތިއުނާފީ ޝަރީއަތް މިއަންނަ ބުދަ ދުވަހު ބާއްވަން ހައި ކޯޓުން ތާވަލު ކޮށްފާވެއެވެ.



