މަހާނައެއް ކޮންނަކަމުގެ އަަޑުތަކެއް ފެތުރި، ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުގައި ބެލެވެނީ މާފަންނު ސަހަރާގައި ބަޔަކު މަހާނައެއް ކޮނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްބެލެވޭ ފޮޓޯ ތަކެކެވެ.
މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، މާފަންނު ސަހަރާ ތެރެއަށް ބަޔަކު ވަދެ އުޅޭކަމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން ފުލުހުން މިހާރު އެސަރައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި މައްސަލާގައި ފުލުހުން ހަރަކާތްތެރި ވަމުންދާއިރު، މަހާނަ ކޮނުމާއި، މަހާނައިގައި ސިހުރު ވަޅުލުންފަދަ ހާދިސާތައް މީގެ ކުރިންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައިވެއެވެ.



