ކ.މާފުށީގައި ފިރިމީހާގެ ފަރާތުން، ދަރިފުޅަށް ޖިންސީ ގޯނާ ކުރަމުންދާކަން އެނގިހުރެ އެކަން ފޮރުވި މަންމައަކާއި ދެކޮޅަށް އެރަށުގައި މުޒާހަރާ ކުރަމުން ދަނިކޮށް އެ މަންމަ ފުލުހުންގެ ބެލުމުގެ ދަށުން އެރަށުން ބާލައިފިއެވެ.
މީޑިއާއަށް މައުލޫމާތު ހިއްސާކުރަމުން ފުލުހުން ވިދާޅުވީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި، އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހެއްގެ އިހުމާލު ވާކަމަށްބުނެ އެމީހާއާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލައި މާފުށީގައި ބަޔަކުދަނީ އިހުތިޖާޖު ކުރަމުން ކަމަށެވެ. އަދި އެމީހާ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުން އެރަށުން ބާލައިފައި ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި ޖިންސީ ޝިކާރައަކަށްވި އުމުރުން 10 އަހަރުގެ އަންހެންކުއްޖާގެ މަންމައާއި ދެކޮޅަށް މާފުށީގައި މުޒާހަރާކުރަން ފަށައިފައިވަނީ މިއަދު އިރުއޮސުނު ވަގުތުއެވެ. މި މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ. އަދި ފުލުހުން މި އިހުތިޖާޖު ކުރިއަށްގެންދާ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ ކަމަށް އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން ފުލުހުން ވިދާޅުވިއެވެ.
?#Breaking: Maafushi gai dhon bappa aku eyna ge 10 aharu dhon dhari rape kurumuga kuhjja ge mamma ge baiverivun oi kamah bune e kuhjja mamma rashun beylumah rayyithun muzaaharaa kurumun eyna fuluhun medhuverikoh rashun baalaifiIthuru mauloomaathu: https://t.me/MvCrisis/32376
Posted by MvCrisis on Tuesday, July 7, 2020
އުމުރުން 10 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރަމުން ދިޔަކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ ހޮނިހިރު ދުވަހު ގެންގޮސްފައިވަނީ އުމުރުން 57 އަހަރުގެ އެ ކުއްޖާގެ ދޮން ބައްޕައެވެ.
ފަހަކަށް އައިސް އަނެއްކާވެސްވަނީ ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވާން ފަށައިފައެވެ. އަދި މިފަދަ މައްސަލަތަކުގައި ގެއްލުންލިބޭ ފަރާތާއި އާއިލީ ގުޅުން އޮންނަ ފަރާތްތަކުގެ ބައިވެރިވުންވެސް ބޮޑެވެ.



