ފޮޓޯ: ފެށުން

ފުލުހުންގެ ވެހިކަލެއް އެކްސިޑެންޓްވެއްޖެ

މާލޭގައި ދުއްވަމުން ދިޔަ ފުލުހުންގެ ވެހިކަލެއް އެކްސިޑެންޓްވެއްޖެއެވެ.

މާފަންނު މުރަނގަމަގާއި ހަނދުވަރީ ހިނގުމާއި ގުޅޭ ކަންމަތީގައި، މި އެކްސިޑެންޓް ހިނގާފައިވަނީ، މިއަދު ހެނދުނު 08:50 ކަންހާއިރުއެވެ.

މަންޒަަރު ދުށް ފަރާތްތަކުން މިނޫހަށް ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ގޯޅި އަޅަން އުޅުމުގެ ތެރޭގައި ކޮންޓްރޯލު ނުވެގެން ގޮސް ޕާކް ކޮށްފައިހުރި ސައިކަލުތަކެއްގައި ފުލުހުންގެ ވެހިކަލް ޖެހިގެންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް، ފުލުހުންގެ ވެހިކަލްގެ ކުރީގައި ހުންނަ ނަންބަރު ބޯޑު ހަލާކުވެ، ހަތަރު ސައިކަލަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

މިއެކްސިޑެންޓް ހިނގި ސަރަހައްދުގައި ސްޕެޝަލިސްޓް އޮޕަރޭޝަން (އެސްއޯފުލުހުންގެ އިތުރުން، ޓްރެފިކް ފުލުހުން އަންނަނީ، ހަރަކާތްތެރިވަމުންނެވެ.

މިލިޔުން ކިޔާލުމުން
23
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ