މާލެއިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ އުމުރުން 32 އަހަރުގެ މަރިޔަމް ޝައްމައެވެ. މަޖީދިއްޔާ ސްކޫލުގެ މުދައްރިސެއް ކަމަށްވާ ޝައްމަ ގެއްލިގެން ހޯދަމުންދަނީ ރޭ 7:30 ހާއިރު ގެއިން ނިކުތް ގޮތަށް ގެއަށް އައިސްފައި ނުވާތީ ކަމަށް އާއިލާއިން މިނޫހަށްމައުލޫމާތު ދީފައިވެއެވެ.
އާއިލާގެ ފަރާތުން މިނޫހަށް ބުނީ، ރޭ 7:30 ހާއިރު ޝައްމަ ގެއިން ނިކުމެގެން ގޮސްފައިވަނީ އެއްވެސް މައްސަލައެއް ދިމާވެގެން ނޫންކަމަށާއި، ގެއިން ނިކުތީ ސްކޫލް މީޓިންއަކަށް ކަމަށް ބުނެފައި ކަމަށެވެ. ނަމަވެސް ފަހުން ބެލިބެލުމުން ސްކޫލްގެ މީޓިންއެއް ނެއްކަން އެނގިފައިވާކަމަށް އާއިލާގެ ފަރާތުން ބުނެފައިވެއެވެ.
"ފުލުހުންނަށް ގެއްލުނު މައްސަލަ މިހާރުވާނީ ހުށަހަޅައިފައި، ކެމެރާތައް ބެލިއިރު ދެގަޑިއިރެއްހާއިރު ވަންދެން މާލޭގައި ހަމައެކަނި ހިނގާމަންޒަރު ކެމަރާތަކަށް އަރައިފައިވޭ އޭގެފަހުން ފުލުހުންގެ ކެމެރާތަކަށްވަނީ ގެއްލިފައި" އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ ބުންޏެވެ.
އާއިލާގެ ފަރާތުން އިތުރަށްބުނީ ގެއިން ނިކުތްއިރު ޝައްމަ ލައިގެންހުރީ މެރޫން މައްޗަކާ ކަޅު ބުރުގާއަކާ އަދި ކަޅު ހަރުވާޅެއް ކަމަށެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، އުމުރުން 32 އަހަރުގެ އަންހެނަކު ގެއްލިގެން އާއިލާގެ ފަރާތުން މިއަދު ހެނދުނު 9:48 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮއްފައިވާ ކަމަށެވެ.
"އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންގެ ސީސީޓީވީ ކެމެރާތަކުގެ އެހީގަޔާއި އަދި އެހެނިހެން ގޮތްގޮތުން ދަނީ ކުރަމުން. އެގޮތުން ކުރި މަސައްކަތުން މާލެގަޔާއި ހުޅުމާލޭގައި އޭނާ އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވޭ" ފުލުހުން ވިދާޅުވިއެވެ.





3 Responses
ކްރައިމް ޕެތްރޯލް ގެ ސީޒަން އެއް
Magey hithah kulliakah aee crime perrol ge nan birun mithiben jehenee mihaaru l
Royal fameleega vumakee nuvumahvuren vunkaafikame