މިއަދު ހެނދުނު މާލޭގެ 3 ސަރަހައްދަކުން ކަރަންޓު ކަނޑާލަން ޖެހިދާނެކަމަށް ސްޓެލްކޯ ބުނެފިއެވެ.
ސްޓެލްކޯއިން ބުނެފިައިވަނީ ކުންފުނީގެ ކަރަންޓު ޑިސްޓިިރިބިއުޝަން ފޮށިތަކެއް ބަދަލު ކުރުމަށްޓަކައި 11 ޖުލައި 2020 ވާ ހޮނިހިރު ދުވަހު ހެނދުނު 9:30 އިން 10:30 އަށް، މާލޭގެ 3 ސަރަހައްދަކުން ކަރަންޓު ކަނޑާލަން ޖެހިދާނެކަމަށެވެ.
އެގޮތުން ކަރަންޓު ކަނޑާލަން ހަމަޖެހިފައިވާ ސަރަހައްދުތަކަކީ މައްޗަންގޮޅި ދިލްބަހާރު މަގު ހިމެނޭ ސަރަހައްދާއި، މާފަންނު މުނިޔާމަގު ހިމެނޭ ސަރަހައްދާއީ އަދި މާފަންނު ޖަންބުމަގު ހިމެނޭ ސަރަހައްދުކަމަށެވެ.
މިކުންފުނީގެ ކަރަންޓު ޑިސްޓިިރިބިއުޝަން ފޮށިތަކެއް ބަދަލު ކުރުމަށްޓަކައި 11 ޖުލައި 2020 ވާ ހޮނިހިރު ދުވަހު (މާދަމާ) ހެނދުނު 9:30 އިން 10:30 އަށް ތިރީގައި މިވާ ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހިދާނެ ވާހަކަ އެންމެހާ ކަސްޓަމަރުންގެ މައުލޫމާތައްޓަކައި ދަންނަވަމެވެ. 1/3
— STELCO (@STELCOMALDIVES) July 10, 2020
ނަމަވެސް، މަސައްކަތްތައް ނިމުނުހާ އަވަހަކަށް ކަރަންޓު ދޭނެކަމަށާއި މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައިވެއެވެ.



