މީހުންނާ ދިމާކޮށް ބުލީ ކުރުމަކީ މިހާރު މުޖުތަމައުގައި ވަރަށް އާންމުކަމެކެވެ. އަނެއްކާ ގެ ހިތަށް އަރާފާނެ އްއްޗެއް ބަލާލުމެއްނެތި ހިތަށް އެރިހާއެއްޗެއް ކިޔާާ ބުލީ ކުރުމަކީ ސަޅި ކަމެއް ނޫނެވެ.
މީހުން ގިނަ ތަންތަނުގައި "އޭ މިހާރު ކަލޭ ހާދަ ފަލައޭ" ކަލޭ ގެ ޑައިޓް ޕްލޭން މަށަށް ކިޔާދީ ބަލާށޭ "ކަލޭ ހާދަ ހިއްކޭ" ހީވަނީ ކާޑުބަލި ޖެހިފަ ހުންނަ މީހެއް ހެނޭ ކާން ނުލިބެނީހޭ މިފަދަ ބަސްތަށް ބުނެ ދިމާކުރާތަން ވަރަށް ގިނައިން ފެނެއެވެ. މިފަދަ ބަސްތަށް ބުނެ ދިމާކުރާއިރު އަނެއްކާގެ ހިތަށް އަރާނެ އްއްޗަކާމެދު އެއްވެސް ވަރަކަަށް ވިސްނައެއް ނުލައެވެ.
ހަޤީޤަތަށް ބަލާލާއިރު ބައެއް މީހުންނަކީ ދިމާވެފައި ހުންނަ ސިއްޙީ މައްސަލައެއް ނުވަތަ ބައްޔެއްގެ ސަބަބުން ދިމާވެފައި ހުންނަ ކަންތަށްތަކެވެ. މިފަދަ ހާލަތްތަކުގައި ބަސް ރައްދުވާފަރާތުން އެއްޗެއް ނުބުނިކަމުގައިވިޔަސް ހިތުގައި އެއެއްޗެހި ހުންނާނެއެވެ. ފަހުން އެކަމާ ވިސްނާ ދެރަވެސް ވާނެއެވެ. އަދި މީހާ ރުޅިގަދަވެ އަމިއްލަ ނަފްސު ދެކެ ފޫހިވާގޮތް އެބަވެއެވެ. މިކަމުގެ ސަބަބުން އަމިއްލަ ނަފްސަށް އެކިވަރުގެ އަނިޔާތަށް ދޭފަހަރު އެބައާދެއެވެ. މިއީ އަހަރެމެން ދިވެހިންގެ ތެރޭގައި ވެސް ވަރަށް އާންމުކޮން ދިމާވާ ކަންކަމެވެ.
ކިޔަވާ ކުދިންނަށް ސްކޫލްތެރެއިނާ މަގުމަތިންް ބުލީ ކުރުންވެސް މިހާރު މިވަނީ އާންމުކަމަކަށް ވެފައެވެ. ބުލީގެ ޝިކާރައަކަށްވާ މިފަދަ ކުދިން ސްކޫލަށްދާން ނުވަތަ ގެއިން ނުކުންނަންވެސް ބޭނުމެއް ނުވެއެވެ. މިކަމުގެ ސަބަބުން އެކިވަރުގެ ނަފްސާނީ މައްސަލަތަށް އެބަ ކުރިމަތިވެއެވެ.
އެކި މީހުންނަކީ އެކި ފެންވަރުން ދިރިއުޅެމުން ދާ މީހުންނެވެ. ކޮންމެ މީހަކީ އެންމެ ފެންވަރުގައި އުޅެވޭނެ މީހަކަށް ނުވެދާނެއެވެ. މިއީ އެމީހަކާ ދިމާކޮށް ބުލީކުރަން ޖެހޭވަރުގެ ކަންކަމެއް ނޫނެވެ. އެހެން ނަމަވެސް މިފަދަ ހާލަތްތަކުގައިވެސް ބުލީ ކުރާ މަންޒަރު މަދުން ނަމަވެސް އެބަފެނެއެވެ. "ކަލޭ ތިހެދުން ލާތާ މިހާރު ކިތަށް އަހަރު ވެއްޖެހޭ" "ތި ފޯނު އަދިވެސް ބަދަލު ކުރާކަށް ނުވޭހޭ" ކިޔާ ބުލީކުރާ މަންޒަރު އެބަފެނެއެވެ. މިއީ ހަޤީޤަތުގައި ވަރަށް ހިތާމަހުރި ކަންކަމެވެ.
ބުލީގެ ޝިކާރައަކަށްވެ އަމިއްލައަށް މަރުވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުން ކަމަށް ތަފާތު އެކިކަހަލަ ދިރާސާތަކުން ދައްކައެވެ. ވީމާ މި ނޭދެވޭ ސިފަ އަހަރުމެންގެ ގައިންް ދޫކޮށްލާ ބުލީ އާއި ދެކޮޅަށް އަޑު އުފުލަމާތޯއެވެ.




ހިޔާލު
Ma varah faiy koh school ga ekeega ulhe adhi vaki vegen dhuvas kolhakah fahd faiy ofeehun dhimaavi she meehun ves efadha. Varah close koh ekeega shopping koh kaan gos geyah gos ulhunee. Fahun e dhemeehun vakivegen gos gulhun thankolheh madhu. Fenna konme faharaku haadhahaa falaey hiken noolhrnhey kiyaa hee hadhaa. Magumathinves dhimaakurey. Ferry ga ves eh dhuvahaku ehen ki. Ma bunin mashakee hormones masala hure PCOD aa adhi kidney masala eh hunnaathee steroids kaa meehekey. E friend akee bodu hospital ga ulhey meeheh. Eynayah ingeyne kurin ves magey bali haalu. Anehkolhun nukiyavaa huri meeheh noon. Aharen mihaaru e dhemeehunnaa ves gulhun kandaalaifin
E thibenee rattehinneh noon