ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ އޮފީހުގައި ޑިސްއިންފެކްޝަން ގޭޓެއް ބަހައްޓާ ބޭނުންކުރަން ފަށައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްޓެލްކޯގެ އޮފީހުގައި ޑިސްއިންފެކްޝަން ގޭޓެއް ބަހައްޓާ ބޭނުންކުރަން ފަށައިފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އެ ކުންފުނީގެ އޮފީހުގައި ޑިސްއިންފެކްޝަން ގޭޓެއް ބަހައްޓާ ބޭނުންކުރަންފެށުމަކީ ކޮވިޑް-19 އާއި ގުޅިގެން މި ކުންފުނީގެ މުވައްޒަފުންނާއި، ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެ ކުންފުނިން އަޅަަމުންގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއަށް އިތުވާ ބޮޅެއް ކަމުގައެވެ.

ކޮވިޑާއި ގުޅިގެން އޮފީސް ބަންދުކޮށްފައި އޮތުމަށްފަހު ސްޓެލްކޯގައި މަސައްކަތް ކުރާ ހައިރިސްކު މުވައްޒަފުން ފިޔަވާ އެހެން ހުރިހާ މުވައްޒަފުން އޮފީހުގެ މަސައްކަތައް ނިކުމެފައި ވަނީ ޖުލައި 5 ވަނަ ދުވަހުއެވެ. އޮފީހަށް މުވައްޒަފުން ނިކުމެފައިވަނީ ސްކްރީން ކުރެވި، އަދި ކަމާއިބެހޭ ފަރާތްތަކުގެ އިރުޝާދުތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ