"އިސްލާމް"ދީން ކިޔަން ނޭނގޭއިރު ދަންނަ ބޭކަލުންނާ ދިމާކުރުން ހުއްޓާލާ: އަލްހާން

ޖިންސީ ކުށުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ މަޖިލިސް ޖަލްސާގައި މެމްބަރު އީވާ އަބްދުﷲ ދެއްކެވި ވާހަކަތަކަށް މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ރައްދު ދެއްވައިފިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު އީވާ ވަނީ، ޖިންސީ ގޯނާ ލިބެނީ އަންހެނުން އަޅާ ހެދުމުގެ ސަބަބުން ކަމަށް ދޭހަވާ އިބާރާތަކުން ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓުވީޓަކާ ދެކޮޅަށް ނުރުހުން ފާޅުކޮށް ބަހުގެ ހަމަލާތަކެެއް ދެއްވާފައެވެ.

އެގޮތުން ޓުވިޓާ ހޭންޑަލްގެ ކުރިއަށް ޑޮކްޓަރު ޖަހާލާފައި، ޓީވީއަށް އަރާ އިނދެ ޝެއިޚް ކިޔާލާފައި މި ލިޔަނީ އަންހެން މީހާ އައުރަ ނިވާ ވީމާ ޖިންސީ އަނިޔާއެއް ނުހިނގާނެކަމަށާއި މިއީ ވަރަށް މުޑުދާރު އަމަލެއް ކަމަށް އީވާ ވިދާޅުވެފައިވެއެވެ. އަދި ޝެއިޚުން ކަމަށް ބުނާ މީހުން މިފަދަ ވާހަކަ ދެއްކުމަކީ އިސްލާމް ދީނަށާއި، ދީނީ ދަންނަ ބޭކަލުންނަށް ހުތުރު އެރުވުން ފަދަ ކަމެއް ކަމަށް ވެސް އީވާ ވިދާޅުވެފައިވެއެވެ.

ޖިންސި އަނިޔާ ލިބެނީ އަންހެނުން އަޅާ ހެދުމުން ނުވަތަ ދާ ތަންތަނުގެ ސަބަބުން ކަމަށް ބުނުމަކީ ޖިންސީ އަނިޔާ ކުރާ މީހުނަށް ހިތްވަރު ދިނުންކަމުގައި އީވާ ވިދާޅުވިއެވެ. އަދި އިސްލާމް ދީނަކީ އަންހެނުންނަށް އިހްތިރާމް ކުރަން ގޮވާ ދީނެއްކަމަށާއި، އަންހެނުން ބާރުވެރިކޮށް މުދާވެރި ކުރަން ގޮވާލާ އަދި އޯގާތެރިކަމާއެކު އަންހެނުންނަށް އަޅާލަން ގޮވާލާ ދީނެއް ކަމަށެވެ. އަދި އަންހެނުންގެ ހިމާޔަތުގައި އޮތް ދީނެއް ކަމަށާއި އެހެންކަމުން އެފަދަ ވާހަކަތައް ދެއްކުމަކީ އިސްލާމް ދީން ބޭނުންކޮށްގެން އުންމަތުގެ ހުރިހާ އަންހެނުންނަށް ފުރައްސާރަކުރުން ކަމުގައި ވިދާޅުވިއެވެ.

އީވާ ވިދާޅުވެފައިވަނީ “އަޅުގަނޑު ތި ޑރ. މުހައްމަދު އިޔާޒަށް ދަންނަވާލަން ބޭނުން ހަބަރުުދާރޭ! ހުއްޓާލާށޭ! ފަހަތަށް ޖެހޭށޭ! އަޅުގަނޑު ދަންނަވާލަން ބޭނުމީ، ދީނުގެ ނަމުގައި ދިވެހި އަންހެނުންނަށް ފުރައްސާރަ ކުރާކަށް ތި ޓުވިޓާ ހޭންޑަލް ބޭނުން ކުރިއްޔާ މި މައިކް، ގަލޮޅު އުތުރުގެ މި މައިކް އަޅުގަނޑުގެ އަތުގައި އޮތްހާ ހިނދަކު އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑު އިރާދަކުރެއްވިއްޔާ ދިވެހި އަންހެނުންގެ ހިމާޔަތުގައި، ކުރާ ފަޟީހަތް ކުރަން، އެ ކުރާ ގޯނާ ކުރަން ދިޔަކަ ނުދޭނަމޭ. އަޅުގަނޑު މި މައިކް އިރާދަކުރެއްވިއްޔާ އޭނާއާ ދެކޮޅަށް ބޭނުންކުރާނަމޭ” އެވެ.

މިކަމާއި ގުޅިގެން އަލްހާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ"“އިސްލާމް”ދީން ކިޔަން ނޭނގޭއިރު ދަންނަ ބޭކަލުންނާ ދިމާކުރުން ހުއްޓާލާ!ފަހަތަށް ޖެހެން ޖެހޭނީ ތިބޭފުޅުން.- ލާދީނީ މީހުން- ސެކިޔުކަރިސްޓުން." ކަމަށެވެ.

އީވާ ވިދާޅުވެފައިވަނީ މިފަދަ ވާހަކަދައްކާ މީހުން އެކުރަނީ ކުށެއް ކަމަށާއި ފާހިޝް ކަންކަމަށް މަގުފަހިވާ ދޮރުތައް ބަންދުކުރަން ޑރ. އިޔާޒް ގޮވާލައްވާނަމަ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިޔާޒް ފަދަ ބޭފުޅުން ވާހަކަ ދެއްކިޔަ ދިނުން ހުއްޓާލުންކަމަށެވެ.

މިލިޔުން ކިޔާލުމުން
222
ގުޅުންހުރި ލިޔުންތައް

3 Responses

  1. މީހެއް

    اسلان دين. خطا
    اسلام دين صحيح

  2. Nikamethi anheneh

    Eevaa ah hama saabas… meekee olhigen nuvatha olhuvaalan ulhunas vaane kameh noo.. mikan v saafu.. bunelan beynunvani , aadheys koffaey mibuni Eevaa buni echeh olhuvaa nulaashey.. ..

  3. @

    Islaan tha noony islam tha

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ