މޫސުން ގޯސްވެ ބ. އަތޮޅުން ލ. އަތޮޅަށް، މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މިއަދު މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ގަޑިއަކު 22 މޭލާއި27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި އަދި ވިލާގަނޑުގައި ގަޑިއަކު45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މޯލްޑިވްސް މީޓިއޮރޮލޮކިލް ސަރވިސް އިން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 09:45 އިން 15:00 ގެ ނިޔަލަށެވެ.
Alert White for heavy rain ,thunderstorms, strong winds & gusts. pic.twitter.com/IftIzlEEUi
— Maldives Meteorology (@MetMaldives) July 18, 2020
މި ދުވަސް ވަރަކީ ރާއްޖެއަށް ވިއްސާރަކޮށް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެން ކަމުން މެޓް އޮފީހުން އަންނަނީ އެކި ސަރަހައްދުތަކަށް އެލާޓް ނެރެމުންނެވެ.




