މޫސުން ގޯސްވެ ހއ. އަތޮޅުން ލ. އަތޮޅަށް، މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މިރޭ މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދަށް ގަޑިއަކު 22 މޭލާއި27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މޯލްޑިވްސް މީޓިއޮރޮލޮކިލް ސަރވިސް އިން ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ 21:45 އިން ދަންވަރު 02:30ގެ ނިޔަލަށެވެ.
Alert White for strong winds with rough sea conditions. pic.twitter.com/4QKAkCsEsy
— Maldives Meteorology (@MetMaldives) July 18, 2020
މި ދުވަސް ވަރަކީ ރާއްޖެއަށް ވިއްސާރަކޮށް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެން ކަމުން މެޓް އޮފީހުން އަންނަނީ އެކި ސަރަހައްދުތަކަށް އެލާޓް ނެރެމުންނެވެ. އަދި ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.




