ބާރުގަދަ ބިންހެލުމަކާއިއެކު އަލަސްކާ ހިމެނޭ ސަރަހައްދަށް ސުނާމީގެ އިންޒާރު

ބާރުގަދަ ބިންހެލުމަކާއިއެކު އަލަސްކާ ހިމެނޭ ސަރަހައްދަށް ސުނާމީގެ އިންޒާރު ދީފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި، ބިންހެލުން އައިސްފައިވަނީ 7.8 މެގްނިޓިއުޓް ބާރުމިނުގައި އަލަސްކާގެ 75 މޭލު ދުކުނަށެވެ. މިކަމާއި ގުޅިގެން ސުނާމީގެ އިންޒާރު ދެކުނު އަލަސްކާ، އަލަސްކާ ޕެނިސުއޭލާ އަދި ކެނެޑީ އެންޓްރެންސް އަދި ޔުނިމަކް ޕާސް އަށް ނެެރެފައެވެ.

ހަވާއި، ވޮސިންޓަން އަދި ކެލިފޯނިއާ އަށް މި ސުނާމީގެ އަސަރު ނުކުރާނެކަމަށް އެމެރިކާގެ ނޭޗަނަލް ވެދަރ ސަރވިސް އިން ވަނީ ބުނެފަ އެވެ.

ބިންހެލުމުގެ އަސަރު ގަދަކަމަށްވާނަމަ ސުނާމީއެއް އުފެދުމުގެ ފުރުޞަތު ބޮޑުވެގެންދާއިރު 7.6 އާއި 7.8 މެގްނިޓިއުޓް އާއި ދެމެދުގެ ބިންހެލުންތަކުގައި ސުނާމީއެއް އުފެދިދާނެ ކަމަށް ވެދަރ ސަވިސްއިން ވަނީ ބުނެފައެވެ.

 

މިލިޔުން ކިޔާލުމުން
113
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ