ޑރ.ޖަމީލް

އިޤްތިޞާދީ މި ވަޅުގަނޑުގެ ނާމާންކަން ބޮޑު - ޖަމީލް

ސަމާސާ ކުރާވަރަށްވުރެ އިޤްޠިޞާދީ މި ދަނޑިވަޅުގެ ނާމާންކަން ބޮޑު ކަމުގައި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ވިދާޅުވެފައިވަނީ ފޮރިން މިނިސްޓަރަށް ބުރަވެ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދަކޮށް، ވަޒީފާއަށް މީހުން އިތުރުކޮށް، ހެލްތް އިން އޮބިއަޅާ ފޮރުވި ހަޤީޤަތް ދުނިޔެއަށް ފެނިއްޖެކަމަށެވެ. އެގޮތުން ޖަމީލް އިޝާރާތް ކުރައްވާފައި ވަނީ ދުބާއީ ކުންފުންޏަކަށް 32 މިލިއަން ރުފިޔާ ދީގެން ގެންނަން ބުނި ވެންޓިލޭޓަރ ތަކުގެ ވާހަކައެވެ.

ސަރުކާރުން ވަނީ 75 ވެންޓިލޭޓަރު ގެންނަން އެ ކުންފުންޏާއި ހަވާލު ކޮށްފައެވެ.

ޖަމީލްވިދާޅުވެފައި ވަނީ ފޮނިބައިސާ ކަނޑަމުން ހިންގެވުމަކުން ފަތުރުވެރިން ނާންނާނެ ކަމަށާއި، ސަމާސާ ކުރާވަރަށްވުރެ އިޤްޠިޞާދީ މި ވަޅުގަނޑުގެ ނާމާންކަން ބޮޑު ކަމަށެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވެފައި ވަނީ ކޮވިޑް އާއި ގުޅިގެން އެންމެ ބޮޑު އިޤްޠިޞާދީ ހީނަރުކަމެއް އަންނާނެ އެއް ޤައުމަކީ ރާއްޖެ ކަމަށް އެތައް ބަޔަކު އިންޒާރު ދީފައިވާކަމަށެވެ. "ދުނިޔޭގެ ޤައުމުތަކުން ސަލާމަތްތެރިކަމުގެ ފިޔަވަޅު ވަރުގަދަ ކުރި. ރާއްޖެ އަދިވެސް މި ހިމެނެނީ ނުރައްކާ ބޮޑު ޤައުމެއްގެ ގޮތުގަ" ޖަމީލް ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ