އުނގޫފާރު ދާއިރާގެ މެންބަރ މުޙައްމަދު ވަހީދު (ވައްޑޭ) މަޖިލީހުގައި | ފޮޓޯ: މަޖިލިސް

ވައްޑޭ ޝިޔާމަށް: ކޮށްފައިހުރި ވައްކަންތައް ތިލަވި ވަރަކަށް ވަގުން ބިރު ގަންނާނެ

ކޮށްފައިހުރި ވައްކަންތައް ތިލަވި ވަރަކަށް ވަގުން ބިރު ގަންނާނެ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ނައިފަރު ދާއިރާގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމަށް ރައްދު ދެއްވައިފިއެވެ.

ޝިޔާމަށް ރައްދު ދެއްވައި ވައްޑޭ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ވައްކަމުގެ ކަންކަން ތިލަވަމުންދާ ވަރަކަށް، ވައްކަންކޮށްފައި ތިބި ބަޔަކު ބިރު ގަންނާނެ ކަމަށެވެ.

ވައްޑޭ މިހެން ވިދާޅުވެ ޓްވީޓު ކުރައްވާފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ދައުލަތަށް ގެއްލިފައިވާ ފައިސާތައް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިޙު އުފައްދަވާފައިވާ، އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު އުޅުއްވަނީ ޕީޕީއެމްގެ މެމްބަރުން ބިރުގަންނަވަން ކަމަށް ވިދާޅުވެ ޝިޔާމް ބުނުއްވާފައިވާ ވާހަކައަށް ރައްދު ދެއްވަމުންނެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އަސްއަދު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ ދައްކަވަނީ އިދިކޮޅު ސިޔާސީ ޕާޓީގައި ހަރަކާތްތެރިވާ ފަރާތްތައް ބިރުގަންނަވަން ކަމަށެވެ. ޝިޔާމް ވަނީ އަސްއަދާ ދެކޮޅަށް ތަފާތު ތުހުމަތުތަކެއް ކުރައްވާފައެވެ.

އިދިކޮޅުން ކުރިންވެސް ވަނީ މި ކޮމިޝަން އުފެއްދުމަށް ދެކޮޅުހަދައި މިއީ ސިޔާސީ ބޭނުމެއްގައި ހައްދަވާ ކޮމިޝަނެއް ކަމަށް ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭ ތަހުގީގަށް ބޭނުންވާ މުހިއްމު ބައެއް މައުލޫމާތު ދައުލަތުގެ ބައެއް މުއަައްސާތަކުން ގެއްލުވާލާފައިވާ ކަމަށް ޝައްކުކުރެވޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން މި ޖުލައި މަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއްގައި ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ