ސަރުކާރު ޖަވާދާރީ ކުރުމަށް ސިޔާސީ ހަރަކާތް ހިންގުމަކީ މުހިންމުކަމެއް: އިލެކްޝަންސް

ސަރުކާރު ޖަވާދާރީ ކުރުމަށް ސިޔާސީ ހަރަކާތް ހިންގުމަކީ މުހިންމުކަމެއްކަމަށް އިލެކްޝަންސް ކޮމިޝަން އިން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ސިޔާސީ ޕާޓީތަކުން ސިޔާސީ ޙަރަކާތްތައް ހިންގުމަކީ މުހިއްމު ކަމެއްކަމަށާއި، އެހެން ނަމަވެސް، ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ޙަރަކާތްތައް ބާއްވަންވާނީ ޤާނޫނު ނަންބަރު: 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު)ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ އިމުގެ ތެރެއިންކަމަށެވެ.

އަދި ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ޙަރަކާތްތައް ބާއްވަންވާނީ ޤާނޫނު ނަންބަރު: 1/2013 (ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އާއި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެލްތު ޕްރޮޓެކްޝަންސް އެޖެންސީއިން އަންގާފައިވާ އެންގެވުންތަކާ އެއްގޮތަށް ކަމުގައިވެސް އިލެކްޝަންސްގެ މިބަޔާނުގައި ވެއެވެ.

މީގެއިތުރުން މި ދުވަސްވަރަކީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަން ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރަކަށްވެފައި، މިބައްޔަށް ފައްސިވާ މީހުންގެ ޢަދަދު އިތުރުވެ، މިއީ މި ބަލިމަޑުކަމުގެ ދެވަނަ ރާޅެއްގެ އަސަރު ބޮޑުވެފައިވާ ދަނޑިވަޅެއްކަމުގައިވެސް އިލެކްޝަންސްއިންވަނީ ފާހަގަކޮށްފައެވެ.

އިލެކްޝަންސްއިން މިހެން ވިދާޅުވެފައިވާއިރު، “އެންމެން އެއް އަޑަކުން” ނަމުގައި މިދިޔަ މިނިވަން ދުވަހުގެރޭ މާލޭގައި ސިލްސިލާކޮށް އިކޮޅު ކޯލިޝަނުންވަނީ މުޒާހަރާކުރަން ފަށާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ