މިއަދު ފަރުވާއަށް ފުރި މީހުން ކަރަންޓީނުގައި ތިބޭނީ ކިމްސް ހޮސްޕިޓަލުގައި: އާސަންދަ

އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ދާ ތިންވަނަ މެޗް މިއަދު އިންޑިއާގެ ޓްރިވެންޑަރަމަށް ފުރާފައިވާއިރު، އެމީހުން ކަރަންޓީނުގައި ތިބޭނީ ކިމްސް ހޮސްޕިޓަލުގައިކަމަށް އާސަންދައިން ވިދާޅުވެއްޖެއެވެ.

އާސަންދައިން ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އޮނަރަބްލް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާސަރުކާރުން ދެއްވި ހުއްދައާއިއެކު، އާސަންދައިގެ ޚަރަދުގައި ފަރުވާ ހޯދުމަށް މިއަދު 15:45 ގަ، ބަލިމީހުންނާ އެހީތެރިންނާއެކު މުޅި ޖުމުލަ 60 މީހުން އިންޑިއާގެ ޓްރިވެންޑްރަމަށް ފުރާފައިވާކަމަށެވެ.

އަދި މިއީ ގޮތަށް އިންޑިއާއަށް ފުރި ތިންވަނަ ބެޗުކަމަށްވެސް އާސަންދައިން ވިދާޅުވިއެވެ.

އެގޮތުން މިބެޗްގައިވެސް ދާ ހުރިހާ ފަސިންޖަރުން އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސާ އެ ޤައުމުގެ ޕަބްލިކް ގައިޑްލައިނާ
ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކުގައިކަމަށާއި، އިންޑިއާއިންވެސް މި ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެކަމަށް އާސަންދައިން ވިދާޅުވިއެވެ. އަދި އެ ޤައުމުގަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެކަމަށާއި، 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް19 އަށް ޓެސްޓު ކުރާނެކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

"މިއަދު ފުރި ބަލިމީހުންގެ ފަރުވާ ހަމަޖެހިފައިވަނީ އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައެވެ. ކަރަންޓީނުގައި ތިބޭނީވެސް އެ ހޮސްޕިޓަލުގައެވެ. އަދި
ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާކުރިއަށް ގެންދެވޭނެއެވެ." އާސަންދައިން ވިދާޅުވިއެވެ.

މީގެއިތުރުން އެކުންފުނިން ވިދާޅުވީ، 14 ޖުލައި 2020 ގައި ފުރި ބެޗްގަ ދިޔަ ތިން ދިވެހިން ކޮވިޑް19 އަށް ޕޮޒިޓިވްވުމުން، ޕޮޒިޓިވްވީ މީހުންނާއި އެމީހުންގެ ކްލޯޒް ކޮންޓެކްޓުންވަނީ، އިންޑިއާގެ ހެލްތް ޕްރޮޓޮކޯލާ އެއްގޮތަށް، އެހެންފަރާތްތަކާ ވަކިން އައިސޮލޭޓްކޮށްފައިކަަމަށާއި، މިގޮތަށް އައިސޮލޭޓްކުރި ކަމުގައިވިޔަސް އެމީހުންގެ ބަލާ އެސެސްކުރުމަށްފަހު އިމަޖެންސީކޮށް ދޭންޖެހޭ ފަރުވާތައް އިންޑިއާގެ ގައިޑްލައިންތަކާ އެއްގޮތަށް މިހާރުވެސް ދެމުންދާކަމަށެވެ.

އަދި އެހެނިހެން ބަލިމީހުންނަށްވެސް އިމަޖަންސީކޮށް ދޭންޖެހޭ ފަރުވާތައް ކުރިއަށްދާކަމަށާއި، ހޮސްޕިޓަލާ ގުޅިގެން ބަލިމީހުންގެ ފަރުވާގެ ކަންކަން ކުރިއަށްދާގޮތް ގާތުން ބަލަމުންދާކަމުގައިވެސް އެކުންފުނިންވަނީ ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ