މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) ގެ ކަސްޓަމަރުންނަށް ޢަމާޒުކޮށްގެން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް، "އެއްހާސް" ރުފިޔާ ގިފްޓް ކާޑެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ވިދާޅުވީ، "lހާސްހާސް" ގެ ނަމުގައި ކުރިއަށްދާ މި މިޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 1 އޯގަސްޓް 2020 ފެށިގެން 30 ސެޕްޓެމްބަރ 2020 ގެ ނިޔަލައްކަމަށެވެ.
އަދި މި މުއްދަތުގެ ތެރޭގައި ހުރިހާ ފެންބަލަކަށް ފައިސާ ދައްކަވާ ޚަލާސް ކުރައްވާ ކޮންމެ ފަރާތަކަށްވެސް "lހާސްlހާސް" ޕްރްމޯޝަންގައި ބައިވެރިވެލެއްވުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައިވާއިރު، ވަކި މަސްތަކަކަށް ބަހާލައިގެން ބިލަށް ފައިސާ ދައްކަވަމުންގެންދާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށް އެކުންފުނިން ވިދާޅުވިއެވެ.
މީގެއިތުރުން، ރ. ދުވާފަރުގެ ޔޫޓިލިޓީ ބިލްގައި ހިމެނޭ ހުރިހާ ޚިދުމަތްތަކެއްގެ ބިލްތައްވެސް މި ޕްރޮމޯޝަންގައި ހިމެނޭނެކަމަށްވެސް ވިދާޅުވިއެވެ.
"1ހާސްlހާސް!" ޕްރޮމޯޝަންގައި ބައިވެރިވެލެއްވުމަށް އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕް އާއި، އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް އަދި ޗެކް ނުވަތަ ނަޤުދު ފައިސާއިންވެސް ކަސްޓަމަރުންނަށް ފެން ބިލަށް ފައިސާ ދެއްކެވިދާނެކަމަށާއި، މި ޕްރޮމޯޝަންއަކީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީއިން ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ކ.މާފުށި، ރ.ދުވާފަރު އަދި ހދ.ކުޅުދުއްފުށްޓަށް އަމާޒުކޮށް ކުރިއައްގެންދާ ޕްރޮމޯޝަނެއްކަމަށްވެސް އެމް.ޑަބްލިޔު.އެސް.ސީ އިން ވިދާޅުވިއެވެ.




