ފެން ބިލު ދައްކައިގެން 1000 ރުފިޔާ ހޯދުމުގެ ރަނުގެ ފުރުސަތެއް!

ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް، "އެއްހާސް" ރުފިޔާ ގިފްޓް ކާޑެއް ލިބޭ ޕްރޮމޯޝަނެއް ،އެމް.ޑަބްލިޔު.އެސް.ސީއިން ފަށައިފިއެވެ.

މިޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ކުންފުނީގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން "އެއްހާސް އެއްހާސް"ގެ ނަމުގައި ކުރިއަށްދާ މި މިޕްރޮމޯޝަނުގައި، ހުރިހާ ފެންބިލަކަށް ފައިސާ ދައްކަވާ ކޮންމެ ޑޮމެސްޓިކް ކަސްޓަމަރަކަށްވެސް ބައިވެރިވެވޭނެކަމަށް ،އެމް.ޑަބްލިޔު.އެސް.ސީއިން ބުނެފައިވެއެވެ.

އެމް.ޑަބްލިޔު.އެސް.ސީން ބުނީ، މި ޕްރޮމޯޝަންއަކީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީން ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ރ.ދުވާފަރު، ކ.މާފުށި، އަދި ހދ.ކުޅުދުއްފުށްޓަށް އަމާޒުކޮށް ކުރިއަށްގެންދާ ޕްރޮމޯޝަންއެއްކަމަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕް އާއި، އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް އަދި ޗެކް ނުވަތަ ނަޤްދު ފައިސާއިންވެސް ކަސްޓަމަރުންނަށް ފެން ބިލަށް ފައިސާ ދެއްކޭނެކަމަށް އެމް.ޑަބްލިޔު.އެސް.ސީން މައުލޫމާތު ދިނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ