ރައްކާތެރިވޭ، ބަރޯސާވާނެ ސަރުކާރެއް ރައީސަކު ނެތް: ޑރ. ޖަމީލް

ދުވަހަކަށް ވުރެ ދުވަހެއް ކޮވިޑް-19 އަށް ފައްސި ވާ މީހުންގެ އަދަދު އިތުވަމުންދާ މި ދަނޑިވަޅުގައި، ރައްޔިތުން ރައްކާތެރިވެ ތިބުމަށާއި އަދި މިގައުމުގައި ރައްޔިތުން ބަރޯސާވާނެ ރައީސަކު ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 އަކީ ބޮޑު ކަމެއް ނޫންކަމަށް މަޖިލީހުގައި ވަކާލާތުކުރި އެންމެން ޤައުމުގެ ހާލަތަށް ޒިންމާވާންޖެހޭނެ ކަމަށެވެ. އަދި ގުޅުންހުރި ވަޒީރުން އަވަސްވެގަތީ ފުރުޞަތުގެ ބޭނުންހިފައި ނާޖާއިޒް ފައިދާނަގަން ކަމަށާއި މަޖިލިސް ރައީސް އުޅުއްވީ މަޝްހޫރުކަން ހޯދަން ސްޓަންޓް ޖެއްސުމާއި ބަރުލަމާނީ ހުމުގައި ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

އަދި ނުރައްކަލަށް ޤައުމު ގެނބިގެން ދާއިރު، މި ފެންނަނީ 2 ދައުލަތެއް ހިންގާ ފަދަ މަންޒަރެއް ކަމަށް ސިފަކުރައްވަމުން ޑރ.ޖަމީލް ވިދާޅުވީ ސަރުކާރުގެ ބަހެއް މަޖިލީހަކަށް ނުވިކޭ ކަމަށެވެ. އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ ރައްޔިތުންވެސް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅުއްވުމަށް އިލްތިމާސް ކުރައްވާ މިގައުމުގައި ބަރޯސާވާނެ ސަރުކާރެއް އަދި ރައީސެއް ނެތް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުނުތާ މިއަދަށް 148 ދުވަސް ވެފައިވާއިރު ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ފުރަބަންދަށް މިހާރުވަނީ ލުއިދީފައެވެ. ނަމަވެސް ކޮވިޑް-19 އަށް ޕޮޒިޓިވުވާ ކޭސްތައް އިތުރުވާން ފެށުމާއެކު ވެރިރަށް މާލޭގައި އާންމު ތަންތަނަށް ނިކުމެ އުޅޭއިރު މާސްކް އަޅައިގެން ނިކުމެ އުޅުމަށްވަނީ މަޖުބޫރު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ