45 ދުވަސްވަންދެން މީހެއްގެ ބަނޑުގައި އޮތް ވަޅިއެއް ނަގައިފި

އިންޑިއާގެ ނިއުދެއްލީގައި ހުންނަ މެޑިކަލް ސްކޫލް އަދި ހޮސްޕިޓަލެއްކަމުގައިވާ "އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް" ގެ ޑޮކްޓަރުންތަކެއް 28 އަހަރުގެ ފިރިހެނެއްގެ ބަނޑުތެރޭގައި އޮތް ވަޅިއެއް ނަގައިފިއެވެ.

އިންޑިއާގެ ޙަބަރުތަކުން ރިޕޯޓުކޮށްފައިވާގޮތުގައި، މި މީހާ އަކީ ޑްރަގް އެޑިކްޓެކެވެ. އަދި މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ "މެރިއާނާ" ނުވަތަ ކެނިބިސް ނުލިބުމުން، އޭނާ ވަނީ 20 ސެންޓިމީޓަރުގެ ވަޅިއެއް ދިއުވާލާފައެވެ.

މި ހާދިސާ ހިނގީ ގާތްގަނޑަކަށް މީގެ 1 މަސް ދުވަސްކުރިންނެވެ. އަދި އާދައިގެ ދިރިއުޅުމެއް އުޅެމުންދާތީވެ، އޭނަގެ އާއިލާއަށްވެސް އޭރު މިކަން އެނގިފައެއްނުވެއެވެ. ނަމަވެސް، ވަޅި ދިރުވާލިތާ 1 މަހާއި ބައިި މަސް ދުވަސްފަހުން، އޭނާ ބަނޑުގައި ރިއްސާތީ އުޅެން ފެށުމުން، އާއިލާއިން ވަނީ ހޮސްޕިޓަލަށް ގެންގޮސް މެޑިކަލް ޗެކަޕެއް ހަދާފައެވެ. ނަތީޖާ ލިބުމުން، އާއިލާއަށްވެސް ލިބުނީ ޝޮކެކެވެ.

މި މީހާ އެންމެ ފުރަތަމަ އިންޑިއާގެ އިތުރު ދެ ހޮސްޕޮޓަލަކަށް ދިއުމަށްފަހު، "އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް" ހޮސްޕިޓަލަށް އައީ އެމެޖެންސީ ހާލަތުގައެވެ. އަދި އެ ހޮސްޕިޓަލުން މި މީހާ ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާއިރު، ޓެސްޓްގެ ނަތީޖާވީ ނެގެޓިވްއެވެ.

"އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް"، އިން އެމީހާގެ ސަރޖަރީ ހަދާފައިވަނީ، ޖުލައި 19 ވަނަ ދުވަހުއެވެ.

ސަރޖަރީ ހެދި ޑޮކްޓަރުން ބުނިގޮތުގައި، މި ސަރޖަރީ އަކީ ވަރަށް އެމީހުންނަށް ކުރިމަތިވި ވަރަށް ބޮޑު ޗެލެންޖެކެވެ. އެގޮތުން، އެމީހާގެ އެކްސް.ރޭ އިން ދެއްކިގޮތުގައި، އެ ވަޅި އިނީ އޭނަގެ ފުރަމޭ ކައިރީގައެވެ. އަދި މި އޮޕަރޭޝަން ކޮށް އޭނަގެ ބަނޑުން ވަޅި ނެގުމަށް 3 ގަޑިއިރު ނެގިކަމަށް ޑޮކްޓަރުން ބުނެއެވެ.

ޑޮކްޓަރުން ހާމަކުރިގޮތުގައި، މި އޮޕަރޭޝަންއަކީ، ވަރަށް ބޮޑަށް ރޭވިގެން ކުރިވެނު އޮޕަރޭޝަނެކެވެ. ސަބަބަކީ، އެ ވަޅި އިނީ، ބައިލް ޑަކްޓާއި ލޭ ނާރުތައް ކައިރީގައިކަމުން، ކުޑަ މިސްޓޭކެއް ހެދުނުކަމުގައިވިޔަސް، އޭނަގެ ފުރާނަ އަށް ނުރައްކާވެދާނެތީއެވެ.

އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިއްމާލެވުނުއިރު، މިހާރު މި މީހާގެ ހާލު ރަނގަޅެވެ.

.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ