ރޭޕްކުރި 2 މީހުންގެ ބަންދަށް 15 ދުވަސް، އިތުރު ބަޔަކު ހައްޔަރެއް ނުކުރޭ

ޙާއްސަ އެހީއަށް ބޭނުންވާ މީހާ ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި 2 މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު އެކަމާއި ގުޅިގެން އިތުރު ބަޔަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެން މީހާ ރޭޕް ކުރި މައްސަލާގައި 2 މީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި އިތުރު ބަޔަކު ހިމެނޭކަން އަދި މިހާތަނަށް ތަޙްޤީޤަށް ފާހަގަ ކުރެވިފައި ނުވާކަމަށެވެ.

ފުލުހުން ވިދާޅުވީ މިފަދަ މައްސަލަތަށް ތަޙްޤީޤު ކުރުމުގައި ފުލުހުން އަމަލުކުރަމުންދާ އުސޫލުތަކާއި އެއްގޮތަށް ފުރިހަަމަ ކުރަންޖެހޭ ހުރިހާ ކަމެއްވެސް ދަނީ ފުރިހަމަ ކުރަމުން ކަމަށެވެ.

ރޭޕްގެ ސިކަރާއަކަށްވި އަންހެން މީހާ އައްޑޫ އިކޮއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކި ކަމަށާއި ސައިކޮލަޖިކަލް އެސެސްމަންޓެއް ހެދުމަށް ފުވައްމުލަކަށްވެސް ގޮންދިޔަ ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ