އަލްހާން ފަހުމީ ޕީޕީއެމްގެ ރިޔާސީ ކެމްޕއިންގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ | ފޮޓޯ : އަވަސް

ޑިމޮކްރަސީ ހަމަމަގަށް އެޅުވޭނީ ސިޔާސީ އަޅުވެތިކަމުން ވިސްނުން މިނިވަންވެގެން: އަލްހާން

ޑިމޮކްރަސީ ހަމަމަގަށް އެޅުވޭނީ ސިޔާސީ އަޅުވެތިކަމުން ވިސްނުން މިނިވަންވެގެން ކަމަށް މާލެ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލްހާން ރޭ ކުރެއަވި ޓްވީޓްގައި ވިދާޅުވެފައިވަނީ އަޅުގަނޑުގެ ކެމްޕޭނަށް މާލޭގެ ޒުވާނުން އަމިއްލަ އިސްނެންގެވުމާއެކު، ތިޔަ ކޮށްދެއްވާ ތާއީދާ، ދެއްވާ ހިތްވަރަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމުގައެވެ. އަދި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

"ޑިމޮކްރަސީ ހަމަމަގަށް އެޅުވޭނީ ސިޔާސީ އަޅުވެތިކަމުން ވިސްނުން މިނިވަންވެގެން" އަލްހާން ވިދާލުވިއެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދުއަށް ފަޑު ވިދާޅުވެ އަލްހާން ގިނަ ވާހަކަތަކެއް ދައްކަވަމުން އަންނައިރު، އަލްހާން ވަނީ އެމްޑީޕީގައި ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ނަމަވެސް ފަހުން އެމްޑީޕީއަށާއި، ޚާއްސަކޮށް ރައީސް ނަޝީދަށް ގިނަފާޑު ކިޔުންތަކެއް އަލްހާން ދަނީ އަމާޒު ކުރައްވަމުންނެވެ.

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުކަން ކުރެއްވި އަލްހާން އެންމެ ފުރަތަމަ ހަރަކާތްތެރިވީ ރައީސް މައުމޫންގެ އަރިހުގައި ޑީއާރްޕީގަ އެވެ. އޭގެފަހުން ކުލަގަދަ ޖަލްސާއެއްގައި އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އެމްޑީޕީ ތެރެއިން ނިއު އެމްޑީޕީއެއް އުފައްދަން އުޅުއްވުމަށްފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެތެވެ. އަނެއްކާ އެ ޕާޓީއިން ވެސް ވަކިވެ، އެމްޑީޕީއާ ގުޅުނެވެ. އެމްޑީޕީއިން އޭނާ އެ ފަހަރު ވަކިކުރީ އެވެ.

އެއަށްފަހު އަލްހާން ވަނީ ޕީޕީއެމް އާއި ގުޅި މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދު ކުރައްވާ ކެމްޕެއިން ކުރައްވާފައެވެ. އިންތިހާބުން ރައީސް ބަލިވުމާއިއެކު އަލްހާން ވަނީ ޕީޕީއެމް އިންވެސް ވަކިވެފައެވެ. މިދިޔަ މަޖިލިސް އިންތިޚާބުގައި އަލްހާން ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިވެސް ލާފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ