"ދެރަދުން" ވާހަކައިގެ އިބުރަތަކީ ކޮބާ؟

ރައީސް ނަޝީދު ލިޔުއްވި ދެ ރަދުން ވާހަކައިން ލިބިދޭ އިބުރަތަކީ ކޮބައިތޯ ކުރީގެ މެންބަރު އަލްހާން ފަހުމީ ސުވާލު ކުރައްވައިފިއެވެ.

އަލްހާން މިފަދައިން ސުވާލު ކުރައްވާފައި މިވަނީ ރައީސް ނަޝީދު ލިޔުއްވި "ދެރަދުން" ވާހަކަ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައި ވަނިކޮށެވެ.

އެގޮތުން އަލްހާން ވަނީ މި ވާހަކައިން ތާރީޚީ ޙާދިސާތަކެއްގެ އިތުރުން ، ލިބޭ އިބުރަތަކީ، އަދި އެވާހަކައިން ނަންގަވައިދެއްވާ ސިޔާސީ ފިލާވަޅަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

"އަޅުގަނޑު ރައީސް ނަޝީދު އަރިހުން ވަރަށް އަހާލާ ހިތްވޭ، ތާރީޚީ ޙާދިސާތަކެއްގެ އިތުރުން ، ތިޔަ ދެ ރަދުންގެ ވާހަކައިގެ އިބުރަތަކީ، އަދި އެވާހަކައިން ތިޔަ ނަންގަވައިދެއްވާ ސިޔާސީ ފިލާވަޅަކީ ކޮބައިތޯއޭ؟" އަލްހާން ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ "ދެރަދުން" މި ފޮތް ވަރަށް އަވަހަށް ޗާޕްކޮށް ނިމޭނެކަމަށެވެ. އެމަނިކުފާނު ވަނީ މި ފޮތުގެ ބަނޑޭރިގަނޑު އާންމުންނާއި ޙިއްސާކުރައްވާފައެވެ.

މިފޮތަކީ ގެނެސްދީފައިވަނީ 1800 އާއި 1900 ގެ ދުވަސްވަރު ދިވެހިރާއްޖެއާއި ދިވެހީންގެ ވާހަކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ