ވީޑިއޯ އާންމުކޮށް ފުލުހުން މީހަކު ހޯދަނީ

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް މީހަކު ހޯދަން ފުލުހުން ވީޑިއޯ އާއްމުކޮށް އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ވީޑިއޯ އާންމުކޮށް ފުލުހުން ވިދާޅުވީ، މިމީހާއަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްއިން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއްކަމަށެވެ. އަދި މިމީހާގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި ނުވަތަ ފުލުހުންނާ ގުޅެ ނަންބަރު 3322111 ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށްވެސް ފުލުހުންވަނީ އެދިލައްވާއެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ސައިކަލެއްގައި އިން ދެމީހަކު މާލޭގެ މަގެއްމައްޗަށް މަޑުކޮށްލުމަށްފަހު ފައިން ސައިކަލު ފަހަތަށް ގެންނަ މަންޒަރެވެ. އަދި މިސައިކަލުގައި އިން ދެމީހުންގެ ތެރެއިން އެކަކު ހުރީ މާސްކްއަޅައިގެންނެވެ. އެމީހުން ދުއްވަން ހުރި ސައިކަލުގެ ނަންބަރަކީ P3474 އެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ