ޕީޕީއެމްއިން ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ފައިސާގެ ކަންކަން ބަލަހައްޓާފައި ވާތީ، އެޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، 20000ރ އިން ޕީޕީއެމް ޖޫރިމަނާކުރަން ނިންމާފައިވަނީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނާ ޙިލާފަށް ފައިސާގެ ކަންތައްތައް ބަލަހައްޓާފައިވާތީ ކަމަށެވެ. އަދި އެ ޕާޓީގެ ފައިސާގެ ކަންތައްތައް ބެެލެހެއްޓި ފަރާތް 5000ރ އިން ޖޫރިމަނާ ކޮށްފައިވާކަމަށްވެސް އީސީން ވިދާޅުވިއެވެ.
"ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތާ ޚިލާފަށް ފައިސާގެ ކަންތައްތައް ބަލަހައްޓާފައިވާ ކަމަށް ޕީޕީއެމްގެ އޮޑިޓް ރިޕޯޓްގައި އޮޑިޓަރ ފާހަގަކޮށްފައިވާތީ 20000ރ އިން ޖޫރިމަނާ ކުރުމަށް އަދި އެ ޕާޓީގެ ފައިސާގެ ކަންތައްތައް ބަލަހައްޓާ ފަރާތް 5000ރ އިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައި." އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
Siyaasee Partyge ganoonugaivaa gothaa khilaafah faisaage kanthahthah balahattaafaivaa kamah PPM ge audit reportgai auditor faahaga koffaivaathee PPM 20,000/- rf in joorimanaa kurumah adhi e partyge faisaage kanthah balahattaa faraai 5,000/- rf in joorimanaa kurumah EC in nimmaifi
— Elections Commission (@ElectionsMv) May 20, 2019
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް 25000ރ އިން ޖޫރިމަނާކުރިިއުރު، އެ ޕާޓީއަށް ދޭންޖެހޭ ފައިސާ ގިނަ ދުވަސްތަކަކު ހިފެހެއްޓުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ ދާދި ފަހުންނެވެ.




