93 ފުލުހުން ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވޭ: ސީޕީ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފުލުހުންގެ އަދަދު އިތުރުވަމުންދާއިރު، ރޭއްޖެއިން މިހާތަނަށް 93 ފުލުހަން ޕޮސިޓިވް ވެފައިވާކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ)، މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުސް އޮފިސަރުންނާއި މުވައްޒަފުންނާއެކު މިހާތަނަށް ޖުމްލް 93 ފުލުހަކު ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާކަމަށެވެ. އަދި މީގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި 53 ކޭސް ހިމެނޭކަމަށް ސީޕީ ހާމަކުރިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ، ބަލިފެތުރުން މަދުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށާއި، ހަމައެއާއެކު މި ދަނޑިވަޅުގައި ގަޢުމަށް ޙިދުމަތް ދިނުމުގައި ކުރިއަށްދާނެކަމަށެވެ.

ކޮވިޑް-19 ރައްޔިތުންނަށް ތަކެތި ފޯރުކޮށްދިނުމުގައާއި، ސިއްހީ ހިދުމަތް ދިނުމުގައި އެހީތެރިކަން ފޯރޮކޮށްދިނުމުގައި ފުލުހުން އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދެއެވެ.

ކޮވިޑް-19 ރާއްޖެގައި އަނެއްކާވެސް ހަލުވިކަމާއެކު ފެތުރެމުންދާއިރު، މިހާރު ކޮންމެ ދުވަހަކު ޕޮސިޓިވް ވާމީހުންގެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ