މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވިގެން ފުލުހަކު ހައްޔަރުކޮށްފި

މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވިގެން ކ. ކާށިދޫއިން ފުލުހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވިގެން ކާށިދޫއިން ފުލުހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށާއި، އަދި މި ފުލުސް މީހާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް އަޅާފަހުރި ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކުރި ފުލުސް މީހާގެ އުމުރަކީ 33 އަހަރު ކަމަށާއި މި ފުލުސް މީހާއަކީ ޗުއްޓީއަށް ކާށިދޫއަށް އައިސްހުރި އެހެން ރަށެއްގައި މަސައްކަތްކުރާ ފުލުހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

"މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާރޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހްގީގް ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއްވަނީ ދީފައި" ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ