ގޭ ބުޑުގައި ދުބުޅި ބަދިގެ އިންޖީނުގެތަށް ހުރުމުން ފެނަކައިން ދަނީ އެކަންކަން ހައްލުކުރަމުން ކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މަޙްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގޭ ބުޑުގައި ދުބުޅި ބަދިގެ އިންޖީނުތައް ހުރުމުން ރައްޔިތުންނަށް ނުނިދޭތީ، އެތަންތަން މީހުން ނޫޅޭ ސަރަޙައްދަށް ބަދަލުކޮށް، އާ އިންޖީނުގެތައް އިމާރާތް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ގެންދަނީ ކުރަމުން ކަމަށެވެ.
މި ޕްރޮޖެކްޓުތަކާއި އާ އިންޖީނުގެތަށް އަދި ނެޓްވޯކް އަޕްގްރޭޑިން މަސައްކަތް ހިމެނޭގޮތަށް 51 މަޝްރޫޢެއް ރަށް ރަށުގައި ބާރަށް އެބަ ކުރިޔަށް ދާކަމަށް މިނިސްޓަރ މަޙްލޫފު ވިދާޅުވިއެވެ.
Geybuduga dhubulhi badhige injeenugethah hurumun rayyithunnah nunidheythee ethanthan meehun noolhey sarahahdhah badhalukoh aa injeenuge imaaraaiykurun @TeamFenaka inn eba gendhey.Mi project thah,aa injeenu & network upgrading himeneygothah 51 mashroou rahrashuga baarah kuriah. pic.twitter.com/S8UxPODCCr
— Ahmed Mahloof (@AhmedMahloof) August 9, 2020
ފެނަކައިން ގެންދިޔައީ ރަށް ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ލޮކްޑައުންގެ ތެރޭގައިވެސް ޕްރޮޖެކްޓުތައް ހިންގަމުންނެވެ. ހާއްސަކޮށް ކަރަންޓުގެ މައްސަލަތައް އެންމެ ބޮޑަށް ދިމާވާ ރަށްތަކުގެ ކަރަންޓު ކެޕޭސިޓި އިތުރު ކުރުމަށް އައު ޖަނަރޭޓަރ ތައް ފޮނުވުމާއި ނެޓްވޯކް އަޕްގްރޭޑު ކުރުމުގެ މަސައްކަތްތައް ދިޔައީ ކުރިޔަށް ގެންދަމުންނެވެ.