ކަޅުބިލަ މަސް ގަތުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން މިއަދުކޮށްފައިވާ އިޢުލާނެއްގެ ވިދާޅުވީ، ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުސަތު ހުޅުވާލައި އައު ކުންފުނިތަކުން މަސް ގަތުމުގެ ހުއްދަ ދިނުމުގެ ފުރުސަތު މިއަދު ސަރުކާރުން ހުޅުވާލާފައިވަނީ މަސްވެރިކަން އިތުރަށް ކުރިއެރުވުމުގެ ގޮތުންކަމަށެވެ.
އެގޮތުން މިމަޝްރޫއުގެ މަޤްޞަދަކީ ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެމަގު ތަނަވަސްކޮށްދީ، ކާނާ ހުރިހާމީހުން އަގު އެއްކުރި އުފެއްދުންތައް އުފައްދާ ރާއްޖޭގައި ބާނާ މަހުން އިތުރު ނަފާ ލިބިދޭނެ މަގު ތަނަވަސް ކުރުމުގެ ފުރުސަތު ހޯދައިދިނުންކަމުގައިވެސް ފިޝަރީޒް މިނިސްޓްރީއިން ވިދާޅުވިއެވެ.
އެމިނިސްޓްރީއިން ވިދާޅުވީ، މިމަޝްރޫޢުގެ ދަށުން ކަޅުބިލަމަސް ގަތުމުގެ ހުއްދަ ދިނުމުގައި ބަލާނެ ހަމަތައް އަދި ހުއްދަ އަށް އެދި ޕްރޮޕޯސަލް ހުށަހަޅަންޖެހޭގޮތުގެ ގައިޑްލައިން، ސަރުކާރު ރަސްމީ ގަޑީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ކައުންޓަރުންނާއި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށާއި މިމަޝްރޫޢުއަށް އެދި ހުށަހަޅާ ޕްރޮޕޯސަލް ބަލައިގަންނާނީ ރަސްމީ ގަޑިތަކުގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ ކައުންޓަރުންކަމަށެވެ.



