އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު

އެސްޓީއޯ ފުއްގުދަނަކަށް ފެނެއް ނުވަދޭ - އަމްރު

ރޭ މާލެއަށް ކުރި ވިއްސާރައިގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފުއްގުދަނަށް ފެން ވަދެފައި ނުވާކަމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވެފައި މިވަނީ ޗެނެލް 13 އިން ރޭ ގެނެސްދިން ޕްރޮގްރާމްގައި އެސްޓީއޯ ފުއްގުދަނަށް ފެންވަދެފައިވާކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ. އެގޮތުން މި ޕްރޮގްރާމްގައި ނިންމާލަމުން ދިވެހި ރައްޔިތުންނަށް ދެއްވާ އުފާވެރި ޚަބަރެއްކަމަށް ވިދާޅުވެ ރޭ ވެހުނު ވިއްސާރައިގައި އެސްޓީއޯގެ ފުއްގުދަނުގައި އެއްކޮށް ފެންބޮޑު ވެފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގައި ވަނީ އެސްޓީއޯގެ އެމްޑީ އަމްރު އެ ކުންފުނިން ވައްކަން ކުރައްވާ ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.

މި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން އަމްރު ވިދާޅުވެފައި ވަނީ އެސްޓީއޯ ފުއްގުދަނަށް ފެންނުވަންނަ ކަމަށާއި ވިއްސާރައިގެ ސަބަބުން ކާޑުގެ ބާވަތްތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

ޗެނެލް 13 އިން ދޮގު ޚަބަރު ފަތުރާކަމަށް ތުހުމަތު ކުރައްވައި އަމްރު ވިދާޅުވެފައިވަނީ ދޮގު ޚަބަރު ފަތުރާތީ މިހާރު ވަނީ އެ ޗެނެލްއަށް ނަޞޭހަތް ދެވިފައި ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ގޮތަށް މިކަހަލަ ދޮގު ހެދުން ހުއްޓުވެން ޖެހޭ ކަމުގައި އަމްރު ވަނީ ބޮރޯޑްކޮށްއަށް ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ