ދަނޑުވެރިކަމުގެ ފަންނީ އެންމެހާ މަޢުލޫމާތެއް ފޯރުކޮށްދިނުމަށް ޚާއްސަ ހޮޓްލައިނެއް ދަނޑުވެރިކަމާ ބެހޭ ވުޒާރާގައި ޤާއިމް ކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރީކަލްޗަރ އިން ވިދާޅުވެފައި ވަނީ މިފަދަ ހޮޓްލައިނެއް އެ މިނިސްޓްރީގައި ޤާއިމް ކޮށްފައި މިވަނީ ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މަޢުލޫމާތު ވީހާވެސް ލުއި ފަސޭހަކޮށް ދަނޑުވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.
ދަނޑުވެރިންނަށް ޚާއްސަކޮށްގެން ދަނޑުވެރިކަމާ ބެހޭ ވުޒާރާގައި ޤާއިމް ކޮށްފައިވާ ހޮޓްލައިން ނަންބަރަކީ 3339237 އެވެ. އެ މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި މިހޮޓްލައިން ގެ ޚިދުމަތް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 14:00 އާއި ދެމެދު ލިބޭނެއެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ ބަލި މަޑު ކަމުގެ މި ދުވަސްކޮޅު އެމިނިސްޓްރީން ފޯރުކޮށްދެމުންދާ ތަފާތު އެހެނިހެން ޚިދުމަތްތައްވެސް އެ މިނިސްޓްރީއަށް ވަޑައިނުގަނެ ހޯދޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.
އެގޮތުން އެމިނިސްޓްރީގެ ދަނޑުވެރިކަމާބެހޭ ބައިން ފޯރުކޯށްދެމުންދާ ޚިދުމަތްތައް ހޯއްދެވުމަށް ގުޅުއްވާނެ ނަންބަރުތަކަކީ:
- ދަނޑުވެރިކަމުގެ ފަންނީ މަޢުލޫމާތު ހޯދުން 3339237 އެވެ.
- ގަސްގަހާގެއްސާއި ގަހުގެ ބައިތައް ރާއްޖެއަށް އެތެރެ ކުރުމުގެ ހުއްދަ ހޯއްދެވުމަށް 3339242 ނުވަތަ 3339209 އެވެ.
- ގަސްކާނާ އަދި ދަނޑުވެރިކަމުގެ ބޭސް އެތެރެކުރުމާއި ބެހޭ މަޢުލޫމާތު ސާފު ކުރުމަށް 3339242 ނުވަތަ 3339209 އެވެ.
- ދިރޭ ޖަނަވާރު އެތެރެކުރުމުގެ ހުއްދަ ހޯއްދެވުމަށް 3339212 ނުވަތަ 3339220 އެވެ.
- ވެޓެރިނަރީ ކްލިނިކްގެ ޚިދުމަތް ހޯއްދެވުމަށް 3399901 އެވެ.
- ގަހުގެ ނާސަރީ ރަޖިސްޓްރީ ކުރުން، ދަނޑުވެރިންގެ ރަޖިސްޓްރީ އަދި ދަނޑުވެރިކަމަށް އެތެރެކުރާ މުދަލުގެ ޑިއުޓީއާއި ގުޅޭ ކަންކަމަށް 3339261 އެވެ.
ދަނޑުވެރިކަަމުގެ ފަންނީ އެންމެހާ މަޢުލޫމާތެއް ފޯރުކޮށްދިނުމަށް ޚާއްސަ ހޮޓްލައިނެއް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރީކަލްޗަރ އިން މިއަދު ޤާއިމް ކުރިއިރު، މޫދުކޮށީގައި ބޮޑު ކޮށްފައިވާ ފާނަ ނީލަމުން ގަތުމުގެ ފުރުޞަތު ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އެ މިނިސްޓްރީގެ ފަރާތުން މިއަދު ވަނީ ހުޅުވާލައިފައެވެ.
މީގެ އިތުރުންވެސް ކަޅުބިލަ މަހުގެ މަސްވެރިކަން ކުރިއެރުވުމުގެ ގޮތުން ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ކުންފުނިތަކަށް ގަތުމުގެ ފުރުޞަތު ވެސް އެމިނިސްޓްރީގެ ފަރާތުން އިއްޔެ ވަނީ ހުޅުވާލައިފައެވެ.