ގެއްލުނު ފްލައިޓްގެ ތެރެއިން އެކަކުގެ ހަށިގަނޑު ނަގައިފި

އެމިލިއާނޯ ސަލާ އަދި ޕައިލެޓް ޑޭވިޑް އިބޮޓްސަން ދަތުކުރުކުރި ފްލައިޓްގެ ތެރެއިން އެކެއްގެ ހަށިގަނޑު ނަގާފައިވާ ކަމަށް ތަހުގީގީ އިދާރާތަކުން ބުނެފިއެވެ.

މީގެ ދެހަފްތާ ކުރިން ގެއްލުނު މި ފްލައިޓް ފެނިފައިވަނީ ގުއާންސޭ ސަރަޙައްދުންނެވެ. ޕައިޕަރ މަލިބޫ މަރުކާގެ N264DB މި ފްލައިޓް ގެއްލުނީ 28 އަހަރުގެ އާރޖެންޓީނާގެ ސަލާ 15 މިލިއަން ޕައުންޑަށް ކާރޑިފްއަށްބަދަލުވިކަން އިޢުލާން ކުރިތާ ދެދުވަސްފަހުން އޭނާގެ ކުރީގެ ކްލަބް ނަންޓެސް ކުރު ދަތުރެއް ކުރުމަށްފަހު އޭނާގެ އާ ކްލަބް ކާރޑިފްއަށް ދަތުރުކުރަމުން ދިޔަ މަގުތީގައެވެ.

21 ޖެނުއަރީގައި މި ފްލައިޓް ގެއްލުނުއިރު ފްލައިޓް ދުއްވަން ހުރީ 59 އަހަރުގެ އިބޮޓްސަންކަމަށްވެއެވެ.  ގެއްލުނު މިފްލައިޓް ނުފެންނާނެ ކަމަށްބަލާ 24 ޖެނުއަރީގައި ފްލައިޓް ހޯދުމުގެ މަސައްކަތް ހުއްޓާލިއެވެ. ނަމަވެސް އަމިއްލަ ފަންޑެއްގެ އެހީގައި އަލުން މިމަސައްކަތްފަށައި ރިމޯޓުން އޮޕަރޭޓްކުރާ މޫދުއަޑީ ދުއްވާ ކުޑަ އުޅަނދެއްގެ އެހީގައި މި ފްލައިޓް ފެބްރުއަރީ 3ގައި ހޯދާފައިވެއެވެ. އަދި އެއުޅަނދުގެ އެހީގައި ކުރެވުނު ވީޑިއޯއިން އެކެއްގެ ހަށިގަނޑު ފެނެއެވެ.

ގެއްލުނު މިފްލައިޓް ތެރެއިން ނެގި ހަށިގަނޑު މިހާރުވަނީ ޕޯޓްލޭންޑްގައެވެ. ނަމަވެސް އެއީ ކާކުގެ ހަށިގަނޑެއްކަމެއް އަދި ހާމައެއް ނުކުރެއެވެ. އަނެއްކޮޅުން ސަލާގެ ޓްރާންސްފާރ ފީގެ 15 މިލިއަން ޕައުންޑް ކާރޑިފް އަތުން ހޯދުމަށް ފްރާންސްގެ ނަންޓެސް މަސައްކަތްކުރަމުންދާކަމަށް ރިޕޯރޓްތައް ބުނެއެވެ. ސަލާއަކީ ކާރޑިފްއަށް މިހާތަނަށް އެންމެ އަގުބޮޑުކޮށް ގެންދިޔަ ކުޅުންތެރިޔާއެވެ. އަދި ސަލާ ގެއްލުނުއިރު ކާރޑިފްއަށް ސަލާ އެންމެ މެޗެއްވެސް ކުޅެދީފައި ނުވެއެވެ. ސަލާގެ ފީ 3 އަހަރުތެރޭ ދެއްކުމަށް އެއްބަސްވެފައިވީ ނަމަވެސް ލިޔެކިއުންތައް ފުރިހަމަނުވާތީ ކާރޑިފްއިން އެމީހުންގެ ފުރަތަމަ ޕޭމެންޓް ދިނުމަށް ދެކޮޅުހަދައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ