މަޖިލީހުގެ ޖަލްސާއެއްގައި ޢަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

އިންސާނުން ދިރިއުޅޭ ފެންވަރުގައި ސިއްހީ ހިދުމަތް ފޯރުކޮށްދެވޭނީ ކޮން ދުވަހަކުން: ޖާބިރު

ކާޝިދޫ އަދި ގާފަރުގައި އިންސާނުން ދިރިއުޅޭ ފެންވަރުގައި ސިއްހީ ހިދުމަތް ފޯރުކޮށްދެވޭނީ ކޮން ދުވަހަކުންތޯ، ރައްޔިޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރައްވައިފިއެވެ.

އަބްދުﷲ ޖާބިރު ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައ،ި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާ ސުވާލު ކުރައްވަމުން ވިދާޅުވެފައިވަނީ ކާޝިދޫ އަދި ގާފަރުގައި އިންސާނުން ދިރިއުޅޭ ފެންވަރުގައި ސިއްހީ ހިދުމަތް ފޯރުކޮށްދެވޭނީ ކޮން ދުވަހަކުންތޯ އަދި އެތަން އަޕްގްރޭޑް ކުރެވޭނީ ކޮން ދުވަހަކުންތޯ އެވެ. މި ސުވާލު މި ކުރެއްވީ އެތަނުގެ މިހާރުގެ ހާލަތު ހުރިގޮތުން ކަމަށެވެ.

"ކާށިދޫ އާއި ގާފަރުގައި އިންސާނުން ދިރިއުޅޭ ފެނަވަރުގައި ސިއްހީ ހިދުމަތެއް ފޯރުކޮށްދެވޭނީ ކޮން ދުވަހެއްގަތޯ؟ އިންސާނުނަނަށް! މާމައަކީ ޖަނަވާރުންނެއް ނޫން! އިންސާނުން އުޅޭ ފެންވަރަށް އެތަން އަޕްގްރޭޑް ކޮށްދެވޭނީ ކޮން ދުވަހަކުންތޯ؟"

މި ސުވާލަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވެފައިވަނީ ސަރުކާރުގެ ސިއްހީ ހިދުމަތް ފުޅަކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މަނިކުފާނުގެ ދާއިރާގެ ސިއްހީ ހިދުމަތް ވެސް އިންސާނުން ސިއްހީ ހިދުމަތް ލިބިދިނުމަށް ރާއްޖޭގައި ކަނޑައެޅިފައިވާ ހުރިހާ އުސޫލެއްގެ ދަށުން އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރާނެ ކަމަށެވެ.

އަދި ޖާބިރު ގެ ދާއިރާގެ ސިއްހީ ހިދުމަތް ކުރިއެރުވުމަށް ޖާބިރު ގެންގުޅުއްވާ ދުރު ވިސްނުމަށް މަރުހަބާ ދަންނަވާ ޝުކުރު އަދާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ