ރާޅުގަނޑު ސަރަހައްދުން އުދަ އަރަނީ - ފޮޓޯ: ފެށުން

މާލެ އާއި ހައިވޭ އަށް އުދަ އަރަނީ

މަލެ އާއި ހައިވޭގެ އެކި ސަރަހައްދު ތަކަށް އުދަ އަރައިފިއެވެ.

އުދަ އަރާފައިވާ ބައެއް ސަރަހައްދު ތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގާ ބްރިޖް އާ ގުޅެ ހިސާބާއި ހުޅުލޭ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭ ސަރަހައްދު ހިމެނެއެވެ. އަދި ކިންގް ސަލްމާން މިސްކިތާ ދިމާލުނާއި ކާނިވާ ސަރަހައްދުންވެސް އުދަ އަރައިފައި ވެއެވެ.

ކާނިވާ ސަރަހައްދަށް އުދަ އަރާފައި - ފޮޓޯ: ފެށުން

 

އުދަ އެރުމުގެ ސަބަބުން ބްރިޖް އާއި މާލޭގެ ބައެއް ސަރަހައްދު ތަކުގެ މަގުމައްޗަށް ފުދޭވަރަކަށް ގާ އަރައިފައި ވެއެވެ.

މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ މަދު ރަށްތަކަށް ކެރީގެއަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

ކިންގް ސަލްމާން މިސްކިތާ ދިމާލުން ރާޅު އަރުވަނީ - ފޮޓޯ: ފެށުން

"މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17  މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަ ވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މަޖީދީމަގާއި ބުރިޖު ގޫޅޭ ސަރަހައްދުން އުދަ އަރާފައި - ފޮޓޯ: ފެށުން

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ ކަމަށާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ