ރ. އަލިފުށީގައި ކުރީގެ އަނބިމީހާގެ އަނގަޔަށް ލައްފިލުވާ އެޅި މީހެއް މައްޗަށް ދަޢުވާ އުފުލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މި ދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. މި ހާދިސާއާއި ގުޅިގެން ކުރީގެ ފިރިމީހާގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރަން އުޅުނު ކަމުގެ ދަޢުވާއާއި، އާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން އަނިޔާ ދިނުމުގެ ދައުވާ އެވެ.
މި މައްސަލާގައި ދަޢުވާ އުފުލާފައި ވަނީ ރ. އަލިފުށި ކަސްތޫރިގެ ޢަލީ އަމިން (32އ) ގެ މައްޗަށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ އެމީހާ ހައްޔަރުވެސް ކޮށްފައެވެ.
ކުރިގެ އަނބިމީހާގެ މައްޗަށް ލައްފިލުވާ އެޅުމާއި ގުޅިގެން އެމީހާއަށް ވަނީ އެ ރަށު ހެލްތް ސެންޓަރަށް ގެންގޮސް ފަރުވާ ދީފައެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގެ އެތެރެއަށް ލައްފިލުވާ ގޮސްފައެއް ނުވެއެވެ.
ރާއްޖޭގައި މިފަދަ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ.



