ޔާމީންގެ ވަކީލު ބައްދަލުވުން ނުބޭއްވެނީ ވަކީލުން ބޭނުން ނުވާތީ: ހޯމް މިނިސްޓަރު

ޔާމީންގެ ވަކީލު ބައްދަލުވުން ނުބޭއްވެނީ ވަކީލުން ބޭނުން ނުވާތީ ކަމަށް ހޯމް މިނިސްޓަރ ޝައިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ބުނެފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މޯލްޑިވްސް ކެރެކްޝަނަލް ސަރވިސްގެ މައްޗަށް މިހާތަނަށް އެއްވެސް ކޯޓަކުން އަމުރުކޮށްފައިނުވާކަމަށް މޯލްޑިވްސް ކެރެކްޝަނަލް ސަރވިސް އިން ވެސް މިއަދު ވަނީ ވިދާލުވެފައެވެ.

އިމްރާން އަބްދުﷲ ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވަކީލު ބައްދަލުވުން ހަމަޖައްސަން ރާއްޖޭގެ އެއްވެސް ކޯޓަކުން އަޅުގަނޑުގެ މައްޗަށް އަމުރެއް ނެރުއްވާފައި ނުވާކަމަށާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގެ އިސްނެގުމަށް ލައްކަ މަސައްކަތް ކުރެވިއްޖެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވަކީލު ބައްދަލުވުން ނުބޭއްވިގެން އުޅެނީ ޔާމީންގެ ވަކީލުން ބޭނުންފުޅު ނުވާތީ ކަމަށް އިމްރާން ވިދާޅުވިއެވެ.

5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުކުރުމަށް ހުރަސްއަޅާފައިވާކަމަށް ޔާމީންގެ ޤާނޫނީ ވަކީލު ޓީމުން ވަނީ މިދިޔަ މަހު ނޫސްބަޔާނެއް ނެރިފައެވެ. އެ ނޫސް ބަޔާނުގައި ވިދާޅުވެފައި ވަނީ މާޗު މަހުގެ ފަހުކޮޅުން ފެށިގެން، ރައީސް ޔާމީން އަށް ވަކީލުންނާ ބައްދަލުކުރައްވައި، ގާނޫނީ ލަފާ ހޯއްދެވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހުރަސް އަޅަމުން ގެންދާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން 2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ