ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރުމަށް މާފުއްޓަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ދިޔަ ނަމަވެސް، އެރަށަށް ނޭރިގެން އަނބުރާ މާލެ އަންނަން ޖެހިއްޖެއެވެ.
އެމަނިކުފާނުގެ ގާނޫނީ ވަކީލުން މާފުށްޓަށް ދިއުމުން ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިނުދީ ވަކީލުން ފޮނުވާލާފައިވާ ހުއްދަ ނުހޯދާ ދިއުމުންކަމަށް އަންގާފައިވާކަމަށް އިދިކޮޅުން މިއަދު ބޭއްވި ބައްދަލުވުމުގައި ހާމަކޮށްފައިވެެއެވެ.
ނަމަވެސް މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީނާ ބައްދަލުކުރުމަށް މިއަދު 2:00 އަށް ހަމަޖެހިފައިވާ ކަމަށް ކަރެކްޝަނުން ލިޔުމުން ޖަވާބު ދީފައިވާ ކަމަށެވެ.
އަދި އެލިޔުމުގައިވާ ގޮތަށް މާފުށްޓަށް ދިއުމުން ރަށަށް އަރައި ބައްދަލުކުރެވޭނޭ އިންތިޒާމު ކަރެކްޝަނުން ހަމަޖައްސައިދީފައިނުވާކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
އެގޮތުން އިދިކޮޅުން ވިދާޅުވީ، ދަތުރުގެ މެދަކާއި ހިސާބުން މާފުށީ ޕޮލޮސް ސްޓޭޝަނުގެ ފަރާތުން ގުޅާއި ކައުންސިލުގެ ހުއްދަ ނެތި މާފުއްޓަށް އެރުމަށް އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މަސްލަހަތަށްޓަކައި ހުއްދަ ހޯދައިގެން އައުމަށް އެދިފައިވާކަމަށެވެ. އަދި ހުއްދަ ހޯދައިގެން ރަށަން އަރަން ނެރު ކައިރީގައި އެތައް އިރަކު މަޑުކޮށްގެން އޮންނަން ޖެހުނުކަމަށާއި، އެއަށްފަހުވެސް ހުއްދަ ނުލިބިގެން އަނބުރާ މާލެ އައީކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވަކީލުންނާއި ބައްދަލު ކުރެވޭނެ ގޮތް ހަދައިދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ކުރިމިނަލް ކޯޓުން އަމުރެއް ނެރެދޭނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައިވީނަމަވެސް އެފަދަ އަމުރެއް އަދި މިހާތަނަށް ނެރެފައިނުވާކަމަށް ހޯމް މިނިސްޓަރު އިމްރާންވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ޔާމީނަށް ވަކީލުންނާ ބައްދަލުވުމެއް ހަމަޖައްސަން ކަރެކްޝަނަލް ސާވިސްގެ ފަރާތުން "ލައްކަ" މަސައްކަތް ކުރެވިއްޖެ ކަމަށާއި، ޔާމީނަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމާއި ބައްދަލުނުކުރެވިގެން އުޅެނީ ވަކީލުންގެ ޓީމުން އެމަނިކުފާނާއި ބައްދަލުކުރަން ބޭނުން ނުވާތީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.




