ރޯކޮށްލާފައިވާ ފުލުސްމީހާގެ ސައިކަލު، ފޮޓޯ: ޕޮލިސް މީޑީއާ

ގދ. ތިނަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

ގދ. ތިނަދޫގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ މިދިޔަ15 ވަނަ ދުވަހުގެ08:55 ހާކަންހާއިރުކަމަށެވެ.

ސައިކަލުގައި ރޯކޮށްލައިފައިވަނީ، ފުލުސްމީހާ ދިރިއުޅެމުންދާ ގެ ކައިރީގެ ޕާކިން ޒޯންގައި ޕާކް ކޮށްފައި ހުއްޓާ، އެރަށު ހުޅަނގު ފަރާތު އަތިރިމައްޗަށް ސައިކަލު ގެންގޮސްގެންކަމަށްވެސް ފުލުހުން މައުލޫމާތުދިނެވެ.

ސައިކަލުގައި2އަލިފާން ރޯކޮށްލުމުގެ ސަބަބުން ސައިކަލު ވަނީ ބޭނުންނުކުރެވޭވަރަށް އަނދާފައިކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ، 26 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައިގައި ތުހުމަތު ކުރެވޭ، އިތުރު 22 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނަކު ކޯޓު އަމުރުގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައިކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މި މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން އިތުރަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ