ޔޫކޭ ގައި "ބެލް ބޮޓޮމް" ގެ ޝޫޓިން އަކްޝޭ ކުމާރް ފަށައިފިއެވެ.
ކޮރޯނާ ވައިރަހުގެ މަލިމަޑުކަމާއި ގުޅިގެންނާއި ލޮކްޑައުންގެ ސަބަބުން ފިލްމް އިންޑަސްޓްރީ އަށް ހީނަރުކަމެއް އައުމަށް ފަހު އަލުން އިންޑަސްޓްރީ އަށް ދިރުން އަންނަނީ ލިބެމުންނެވެ.
އެތައް ފިލްމް ޕްރޮޑިއުސަރުން އަންނަނީ ކޮރޯނާ ވައިރަހުގެ ސަބަބުން މަޑުޖެހިފައި އޮތް ޕޮރޮޖެކްޓްތައް ފަށަން ތައްޔާރު ވަމުންނެވެ. އެގޮތުން އެތަނުން ފިލްމް ގެ ޝޫޓިން ފަށާއިފައިވާ އެކަކީ ޖެކީ ބަގްނާނީއެވެ. އަކްޝޭ ކުމާރު ފެނިގެންދާ "ބެލް ބޮޓޮމް" ގެ ޝޫޓިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފަށައިފައެވެ.
މި ފިލްމަކީ ކޮވިޑް-19 ގެ ސަބަބުން ފިލްމު ތަކުގެ ޝޫޓިން މެދުކަނޑާލުމަށް ފަހު ބޮލީވުޑްގެ ޝޫޓިން ފަށާއިފައިވާ ފުރަތަމަ ފިލްމް ތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. މި ފިލްމްގެ ޝޫޓިންގައި މިވަގުތު ހަރަކާތްތެރިވާ ބައެއް ތަރިންގެ ތެރޭގައި އަކްޝޭ ކުމާރް، ލާރާ ޑުއްޓާ އަދި ހުމާ ގުރޭޝީ ހިމެނެެވެ. އަދި ޕްރޮޑިއުސަރުންގެ ތެރޭގައި ވަޝޫ ބަގްނީ، ޖެކީ ބަގްނީ އަދި ޑީޕްޝިކާ ޑެޝްމުކް ހިމެނެއެވެ.
އަކްޝޭ ކުމާރް ނިންމަން ބައިވަރު ޕްރޮޖެކްޓްތައް ހުރި އިރު މި ފިލްމް ގެ ޝޫޓިން ފަށައިފައި ވަނީ މި ފިލްމަށް އެހާ ގިނަ ދުވަސް ނުނަގާނެތީ އެވެ. އެހެނަކަމުން އަކްޗޭ ކުމާރް ވަނީ މި ފިލްމް ފުރަތަމަ ނިންމުމަށްފަހު އެހެން ބޮޑެތި ޕްރޮޖެކްޓް ތަކަށް ދިއުމަށް ނިންމާފައެވެ.
މި ފިލްމުން ފެނިގެންދާނެ ބައެއް އިތުރު ތަރިންގެ ތެރޭގައި ކަޕޫރް ވެސް ހިމެނޭއިރު ޑައިރެކް ކޮށްފައިވަނީ ރަންޖީތް ޓެވާރީ އެވެ. މި ފިލްމްގެ ޝޫޓިން މިއަހަރުގެ ފަހުކޮޅު ނިމޭނެ އިރު ފިލްމް ރިލީސް ކުރުމަށް ހަމަޖެހިފައި ވަނީ 2 އޭޕްރީލް 2021 ގައެވެ.




