އަލްހާން ފަހުމީ ޕީޕީއެމްގެ ރިޔާސީ ކެމްޕއިންގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ | ފޮޓޯ : އަވަސް

މޭޔާ ޝީފާ މަޤާމުން އިސްތިއުފާ ދިނުމަށް އަލްހާން ގޮވާލައިފި

މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު މަޤާމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ނައިބު ރައީސް އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވީ، އާއްމުފަރާތަކުން ކޮށްފައިވާ ޓްވީޓް ޕޯސްޓެއް ރީޓްވީޓް ކުރަމުން، މާލެ ސިޓީގެ މަގުމަތައް މިހާރު އޮތް ހާލަތައް އަލިއަޅުވާލަމުންނެވެ.

މާލޭގެ 6 ނަންބަރު ޖެޓީގެ ބިމުގައިވާ ބޮޑު ވަޅުގަނޑަކަށް މީހަކު ރޭގަނޑު ވެއްޓުމުން އެކަން ހާމަކޮށް އާއްމުފަރާތަކުން ކޮށްފައިވާ ޓްވީޓްގައި ބުނީ، މިއީ މާލޭގެ ހާލަތު ކަމަށެވެ. އެ ވަޅުގަނޑުގެ ފޮޓޯއެއްވެސް ޕޯސްޓްކޮށްފައިވާއިރު، މޭޔާ ޝިފާވެސް މި ޓްވީޓްގައި ޓެގް ކޮށްފައިވެެއެވެ.

މި ޓްވީޓް ރީޓްވީޓް ކުރަމުން އަލްހާން ބުނީ، މާލޭ ސިޓީގެ މޭޔާ ޝިފާ މުހައްމަދު މަޤާމުން އިސްތިއުފާ ދިނުމަށް ގޮވާލާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ