ނ. ވެލިދޫއަށް އައި ބޯޓަކުން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފިއެވެ.
ފުލުހުން ވިދާޅުވީ މާލެއިން ފުރައިގެން ނ. ވެލިދޫއަށް އައި ބޯޓެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މާލެއިން ފުރައިގެން ވެލިދޫއަށް ދަތުރުކުރާ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެބޯޓު ބަލައިފާސްކޮށްފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި އެބޯޓު ވެލިދޫއަށް ބަނދަރުކުރުމުން ކަމަށް ފުލުހުން ވަނީ ހާމަކަުރައްވާފައެވެ.
މި ބޯޓު ބަލައިފާސްކުރިއިރު ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިމައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.



