ހުޅުމާލެ ފްލެޓެއް ތެރެއަށް ބަޔަކު ވަދެ މާރަމާރީ ހިންގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމާރަމާރީ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި އެވެ.
ފުލުހުން ވިދާޅުވީ، ރޭ 22:30 ހާއިރު ހުޅުމާލެ ފްލެޓް އެއްގައި ހިނގައިދިޔަ މާރަމާރީ އެއްގައި 4 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށެވެ.
މިމާރަމާރީ އާއި ގުޅިގެން25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮއްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގް ކުރަމުންނެވެ.



