ޖޫރިމަނާ އިން ސަރުކާރު ހިންގަން އުޅެންޔާ ޖެހޭނީ ސަރުކާރު ވައްޓާލަން

ޖޫރިމަނާ އިން ސަރުކާރު ހިންގަން އުޅެންޔާ ޖެހޭނީ ސަރުކާރު ވައްޓާލަން ޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޮސްޓާ ވިދާޅުވީ ރައްޔިތުންނަށް ކަމެއް ނުކޮށްދެވޭތާ ރައްޔިތުން އުންދަގުލުން މި ހޯދާ މަދު ލާރި ކޮޅުން މި ސަރުކާރުން ހިންގަން ވިސަނާކަމަށް ވާނަމަ އަޅުގަނޑުމެނަށް ޖެހޭނީ މި ސަރުކާރާ ދެކޮލަށް ނިކުމެގެން މި ސަރުކާރު ވައްޓާލާ، ރައްޔިތުންނަށް މިއަށްވުރެ ފަސޭހަ ގޮތްތަކެއް ހޯދަދޭން މަސައްކަތް ކުރަން ކަމަށެވެ.

ދިވެހި ރާއްޖޭގައި މިހާރު ހިންގަމުންދާ ކުދި ވިޔަފާރިތައް ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުން ކުރެވި ވަރަށް ބޮޑަށް ހަލާކުވެގެން ދާތީވެ ވިޔަފާރިތަކަށް ސަރުކާރުގެ ފަރާތުން އެއްވެސް އަޅާލުމެއް ނުލިބޭތީ މޮސްޓާ ހުށަހެޅި ކުައްލި މައްސަލަ ހުށަހަޅަމުން ވިދާޅުވީ ސަރުކާރުގެ ފަރާތުން ޕެކޭޖްތަކެއް ތައާރަފް ކޮށްފައޭ ކިޔާފަ، އެއްވެސް ޕެކޭޖެއް ލިބުނު ވިޔަފާރި ވެރިއެއް ހަގީގަތުގައި ނެތް ކަމަށާއި ލޯން ހަމަޖެހިއްޖެ ކަމަށް ބުނެ އެތައް ބަޔަކަށް ލިޔުން ދީފައި އެބަހުރި ކަމަށާއި އެކަމަކު ލޯން ފައިސާ ހޯދަން ދިޔުމުން ބުނަނީ މިތާގައި ރުފިޔާއެއް ނެތެ ކަމަށާއި ބަޖެޓަކު ލާރިއެއް ނެތް ކަމަށެވެ.

ދިވެހި ރާއްޖެ އަށް 300 އެތައް މިލިއަށް ޑޮލަރެއް ހިލެ އެހީގެ ގޮތުގައި ލިބުން އިރު އަދި ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ބަޖެޓަށް އިތުރު ކުރުމަށް މަޖިލީހުން ފާސްކޮސްފައި ވީއިރު މި އެއްވެސް ކަމަކުން ރައްޔިތުންނަށް ވީ އެއްވެސް ފައިދާއެއް ނެތް ކަމަށާއި ރައްޔިތުން ލޮކްޑައުން އެއްގައި ބައިތިއްބައިގެން ދިވެހިރާއްޖެގެ ދައުލަތް މިދަނީ އެއްބަޔަކު ކައި ހުސްކުރަމުން ކަމުގައި މިސްޓާ ވިދާޅުވިއެވެ.

"އެއްބަޔަކު ވެންޓިލޭޓަރު ގެންނަން އޯޑަރު ޖެހީމަ އެއަށް ވެސް އޮކްސިޖަން ޕަމްޕް ތަކެއް ގެނެސް ވެންޓިލޭޓަރުގެ ބަދަލުގައި ރައްޔިތުންނަށް އޮކްސިޖަން ދޭން ވެގެން މަސައްކަތް ކުރާ ތަން މި ފެންނަނީ. މި ކަންތައްތައް އެބަޖެހޭ މިހާރުން މިހާރަށް ހުއަޓުވައިފައި ރައްޔިތުނަނަށް ފައިދާ ވާނެ ގޮތަކަށް މިކަންތައްތައް ކުރަން" މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ އިތުރަށް ވިދާޅުވީ ބައެއް ޑޮކަޓަރުން ބުނަނީ އެއްބައި ޑޮކަޓަރުންނަށް ފްރޮންޓްލައިން އެލަވެންސް ލިބޭ ކަމަށް ކަމަށާއި އެކަމް ގިނައީ އެލަވަންސް ނުލިބޭ މީހުނ ކަމަށެވެ. ބައެއް މީހުން ފްރޮންޓްލައިން އެލަވަންސް ގެ ގޮތުގައި 1 ލައްކަ ރުފިޔާވަރު ގެޔަށް ގެންދަން ލިބިފަވާ ކަމަށާއި މިކަންތައްތައް ހުޢްޓުވައި އެންމެން ހަމަހަމަ ގޮތައް އެންމެންނަށް ވެސަ ފައިދާ ވާނެ ގޮތައް ކަންކަން ރާވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ދައުލަތައް ރެސްޓޯރެންޓް ތަކާއި ފިހާރަތަކާއި ކުދި ވިޔަފާރި ތަކުން ދައްކަން ޖެހޭ އެއަވެސް އެއްޗަކަށް ބަދަލެއް ނާދޭ. އެކަމް ސަރުކާރުން އެ ފަރާތަތަކަށް އެއްވެސް ލުޔެއް ނުދޭ. އެކަމަކު ރިސޯޓު އޯނަރުންނަށް ލުއި ކޮށްދީފައި ކުލި ކަނޑާލައިފަ. އެކަމް ކުދި ވިޔަފާރި ތަކަށް ލޯނެއްވެސް ނުލިބޭ. އެކަމް މި ވިޔަފާރިތައް ހަމ ަ8 ޖަހާއިރު ބަންދުކޮށުރަން ޖެހޭ" މޮސްޓާ ވިދާޅުވިއެވެ.

ހުރިހާ ވިޔަފާރިއެއް މިހިސާބުން ބަންދޭ ބުނުން ހަގީގަތުގައި މިޔަށްވުރެ ރަނގަޅުވާނެ ކަމަށާއި ކޮންމެހެން 8 ޖަހާއިރުން ފެށިގެން 10 ޖަހާއިރަށް ބަންދުނަމަ އެއްވެސް ވިޔަފާރިއެއް ކުރިއެއް ނާރާނެ ކަމަށް މޮސްޓާ ވިދާޅުވިއެވެ. އިގްތިސާދު ވަޅުގަނޑަކަށް ވެއްޓެމުންދާއިރު މިކަންތައްތައް މިގޮތައް ކުރާނަމަ އެތައް ބައެއްގެ ދިރިއުޅުމަށް ކުރަމުންދާ މަސައްކަތްތައް ހަލާކުވެ އެތައް ބަޔަކު މަގުމަތިވެގެންދާ ކަމަށް ބުނެ މޮސްޓާ ކަންބޮޑުވުން ފާޅުޖުރެއްވި އެވެ.

"ސަރުކާރުން ބޭނުންވާނީތޯ ރައްޔިތުން ސަލާން ޖަހަން. ސަރުކާރު ކައިރީ އާދޭސް ކުރަން. މިކަމެއް ތިމަންނަ މެނަށް ކޮށްދޭށޭ، އެކަމެއް ކޮށްދޭށޭ. މިކަންތައްތައް ހުއްޓުވައި ލިބޭ ގެއްލުންތަކުން އަރައިގަނެވޭނެ ގޮތެއް މިހާރުން މިހާރަށް ސަރުކާރުން ހޯދަން ޖެހޭ. ކޮންމެ ކަމެއްގައި ވެސް ސަރުކާރުން ބަލަނީ ރައްޔިތުންނަށް ޖެއްސުން ކުަރަން. ރޭގަނޑުވެސް މިހާރު ޖޫރިމަނާ ކުރަމުންދަނީ ޖޫރިމަނާ ދެއްކޭނެ ގޮތެއް ނެތް. އެކަމަކު ކޮންމެ ކަމަކަށް ޖޫރިމަނާ، ޖޫރިމަނާ، ޖޫރިމަނާ. މި ނޫން ގޮތަކަށް އެބަޖެހޭ ސަރުކާރު ހިންގަން ދަސްކުރަން." މޮސްޓާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ