މަސްވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ޅ. ނައިފަރުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ދެ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެދެކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ނައިފަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ހިނގާ އޮގަސްޓް މަހުގެ 23 ވަނަ ދުވަހުގެ 07:30 އެހައިކަންހާއިރު ހިންގި އޮޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން އެ ދެ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ނައިފަރު ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.