އައްބާސީ ހިލާފަތުގެ ރަން ފައިސާ ފޮތިތަކެއް އިޒްރޭލުން ހޯދައިފި

މީގެ 1،100 އަހަރު ކުރިން އައްބާސީ ހިލާފަތުގައި ބޭނުންކުރި ރަން ފައިސާ ފޮތިތަކެއް އިޒްރޭލުން ހޯދައިފިއެވެ.

މި ފައިސާތައް ހޯދައިފައިވަނީ އާކިއޮލޮޖިކަލް މަސައްކަތުގައި ހިލޭ ސާބަހަށް އުޅުނު ޒުވާނުންގެ ބަޔަކަށް ސެންޓްރަލް އިޒްރޭލުގެ ސަރަހައްދެއް ކޮއްނަމުން ދަނިކޮށެވެ.

މަށިން ހަދާފައިވާ ޖަގެއްގެ ތެރެއަށް އަޅައި ރައްކާކޮށްފައިވާ ރަން ފައިސާ ފޮތިތަކުގެ ޖުމްލަ 425 ފައިސާ ފޮތި ފެނިފައިވާއިރު މި ތަކެތީގެ ބަރުދަނުގައި 845 ގުރާމް ހުރިކަމަށް އިޒްރޭލުގޭ މީޑިއާތަކުން މައުލޫމާތު ދެއެވެ.

ފައިސާ ފޮތިތައް ފެނުނު ސަރަހައްދަކީ މީގެކުރިން މުސްލިމުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކެކެވެ. ނަމަވެސް ޔަހޫދީ ދައުލަތް އިޒްރޭލުން މިހާރުވަނީ މި ބިންތައް މުސްލިމުންގެ އަތްދަށުން ފޭރިގަނެ ޔަހޫދީން އާބާދު ކޮށްފައެވެ.

އާކިއޮލޮޖިކަލް މަސައްކަތުގެ ތެރެއިން ފެނުނު ރަން ފައިސާ ފޮތިތައް ނިސްބަތްވަނީ ކާކަށް ކަމާއި އަދި މިތަކެތި މިގޮތަށް ވަޅުލައި ދޫކޮށްލައިފައިވަނީ ކީއްވެކަން ނޭންގޭ ކަމަށް މި މަސައްކަތުގައި ހަރަކާތްތެރިވި އިސްފަރާތްތަކުން މައުލޫމާތު ދެއެވެ.

"މި އަގުބޮޑު ހަޒާނާ މީގެ 1،100 އަހަރުކުރިން ވަޅުލި މީހަކު މިތަކެތި ވަޅުލައިފައި މިވަނީ ފަހުން ނެގުމުގެ ބޭނުމުގައި، ރަން ފައިސާ ފޮތިތައް އަޅައިފައިހުރި އެތިވަނީ އެހެންތަނަކަށް ނުދާނެގޮތައް މޮހޮރު ޖަހައި ހަރުކޮށްފައި" އާކިއޮލޮޖިކް މަސައްކަތުގެ ޑައިރެކްޓަރު ވިދާޅުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. މީހެއް

    ????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. މީހެއް

    ???????.Not Israel it’s Palestine

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ