ބާލީއެއް މިއަހަރު ދެން ފަތުރުވެރިންނަކަށް ނުހުޅުވާނެ

ފަތުރުވެރިންގެ މެދުގައި މަގުބޫލު އިންޑޮނޭޝިއާގެ ބާލީ މިއަހަރުދެން ފަތުރުވެރިންނަށް ހުޅުވާނުލުމަށް އިންޑޮނޭޝިއާގެ ސަރުކާރުން ނިންމައިފިއެވެ.

އިންޑޮނޭޝިއާގެ ސަރުކާރުން މިގޮތައް ނިންމައިފައި މިވަނީ މިއަންނަ ސެޕްޓެމްބަރުމަހުން ފެށިގެން ބާލީ ފަތުރުވެރިންނަށް ހުޅުވާލުމަށް މީގެކުރިން ނިންމި ނިންމުން ބާތިލު ކުރަމުންނެވެ.

ބާލީ ފަތުރުވެރިންނަށް މިއަހަރު ދެން ހުޅުވާނުލުމަށް އިންޑޮނޭޝިއާއިން ނިންމައިފައި މިވަނީ އެގައުމުގައި ކޮވިޑް-19ގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފެށުމާއި ގުޅިގެން އެގައުމުގައި ބަލި ފެތުރުން ކޮންޓުރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

މި ނިންމުމާއެކު ބާލީގެ ރައްޔިތުއްނަށް އިގުތިސާދީ ގޮތުން ކުރިމަތިވާނެ ބޮޑު ގޮންޖެހުމާއި ގޮތުން އަނެއްކާވެސްވަނީ ބަހުސްތައް ފެށިފައެވެ. ބާލީގެ ގިނަ ރައްޔިތުންނަކީ ފަތުރުވެރިކަމުން ނަފާ ހޯދަމުންދާ ބަޔެކެވެ. ކޮންމެ އަހަރަކުވެސް ބާލީއަށް އެތައް މިލިއަން ފަތުރުވެރިންނެއް ދުނިޔޭގެ އެކިހިސާބުތަކުން ދަތުރު ކުރެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ބާލީގެ އިގުތިސާދަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ބާލީގެ ގޮނޑުދައްތަކާއި ހޮޓާތައް މިހާރުވަނީ ލޯކަލް ޓުއަރިޒަމްއަށް އަމާޒުކޮށް ހުޅުވަން ފަށައިފައެވެ. ނަމަވެސް މިކަމަށްވެސް މާއެދެވޭ ތަރުހީބެއް ލިބެމުން ނުދާކަމަށް ޚަބަރުތައް ބުނެއެވެ.

ބާލީއިން މިހާތަނަށް 4,576 މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި ބާލީއިން މިހާތަނަށް 52 މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ