ރައީސް ނަޝީދު އިނގިރޭސި ވިލާތައް ފުރާވަޑައިގެންފި

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސި ވިލާތައް ފުރާވަޑައިގެންފިއެވެ.

ރައީސް ނަޝީދު އިނގިރޭސި ވިލާތައް ފުރާވަޑައިގެންފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ މި އޮގަސްޓު މަހުގެ 31 ވާ ހޯމަ ދުވަހު ބޭއްވުމަށް މަޖިލީހުން ނިންމާފައި ވަނިކޮށެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިދައުރު ނިންމާ ޗުއްޓީއަށް ދާނީ މާދަމާ ކަމަށް ކުރިން މަޖިލީހުގެ ރިޔާސަތުން އިޢުލާން ކޮށްފައިވާ ކަމަށާއި ނަމަވެސް ރެސެސްގެ އެންމެ ފަހު މަހުގެ، އެންމެ ފަހު ހޯމަ ދުވަހު ރިސެސްއަށް ދިއުމަށް، މަޖިލީހުގެ ޤަވާއިދު ތަންދޭކަމަށް އީވާ ވިދާޅުވިއެވެ. އެއީ މި އޮގަސްޓު މަހުގެ 31 ވަނަ ދުވަހެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށްފަހު އާއިލާއާއެކު ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިނގިރޭސި ވިލާތައް ޗުއްޓީއަށް ވަޑައިގަނެފައިވެއެވެ.

ރައީސް ނަޝީދަކީ އިނގިރޭސިވިލާތާއި ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ. މިގޮތުން ރައީސް ޔާމިނުގެ ވެރިކަމުގައި ގައުމުން އަރުވާލެވިގެން ރައީސް ނަޝީދު އުޅުނު ދުވަސްވަރު ގިނައިން އުޅުއްވައިފައިވަނީ ސްރީލަންކާ އަދި އިނގިރޭސި ވިލާތުގައެވެ.

.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ